އަލަށް އުފެދިގެން އަންނަ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
10 އޮކްޓޯބަރ 2023
އަލަށް އުފެދިގެން އަންނަ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބީ ރައީސް ނިންމަވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރަން ކަމަށެވެ.
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް ވިދާޅުވި އެވެ.
އެންމެ ފަހުން މި ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ ގޮތުން، ނިމިގެންމިދާ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ މުސާރައިގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރަން ޖެހުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒު ނިންމަވާފައިވަނީ ޝާމިލް ސަރުކާރެއް އެކުލަވާލައްވަން ކަމަށާއި ކެބިނެޓާއި ސިޔާސީ މަގާމުތަކަށް ވެސް ފުރުސަތު ދެއްވާނީ ޕާޓީގެ ފިކުރަށް ބެލުމެއް ނެތި ގާބިލް، އިލްމީ ބޭފުޅުންނަށް ކަމަށެވެ.
"އެފަދަ ބޭފުޅުން ނިސްބަތްވަނީ ވަކި ޕާޓީއަކަށްވީމަ ސަރުކާރުން ދުރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް ސަރުކާރުގައި ހިމެނުމުގެ ފުރުސަތު އެބަ އޮތް. އެ ޝާމިލް ސަރުކާރުގެ ވާހަކަ އިންތިހާބީ ރައީސް ވިދާޅުވަނީ،" ތަރުޖަމާނު ވިދާޅުވި އެވެ.
އަދި މަގާމުތަކަށް އައްޔަން ކުރާނީ މުޅިން ވެސް ރައީސަށް ޖަވާބުދާރީވާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި
ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކޮށް އޮފީސްތައް ބަންދު!
ޖެންޑާ މިނިސްޓަރަކަށް އައިޝާ އައްޔަން ކުރައްވައިފި
ރައީސް އާއި ނައިބު ރައީސް މާލީ ބަޔާން ހާމަކުރައްވައިފި
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ވަޒީރުން މާލީ ބަޔާން ހުށަހަޅަން ފަށައިފި