Roadha Mihaaru
160 މިލިއަން ރުފިޔާގެ މައްސަލަ އަލުން ކޯޓަށް

ކޯޓަށް ނުދެވުނީ ޗިޓް ނުލިބޭތީ، މައްސަލަ އަލުން ހުށަހަޅާނަން: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017

އެސްއޯއެފް ކުންފުނިން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ކުރާ ދައުވާގެ ޝަރީއަތަށް މިއަދު ހާޒިރު ނުވެވުނީ ޗިޓް ނުލިބޭތީ ކަމަށާއި އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް އެމްއެމްޕީއާރުސީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެސްއޯއެފް ކުންފުނިން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ކުރާ ދައުވާގެ ޝަރީއަތަށް މިއަދު ހާޒިރު ނުވެވުނީ ޗިޓް ނުލިބޭތީ ކަމަށާއި އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް އެމްއެމްޕީއާރުސީން މިއަދު ބުނެފި އެވެ.

އެ މައްސަލަ އަލުން ހުށަހަޅަން ނިންމީ، އެ ފައިސާތައް ހޯދުމަށް އެމްއެމްޕީއާރުސީން ކުރި ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް އެމްއެމްޕީއާރުސީ ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރު ކޮށްލުމުންނެވެ. މި ދައުވާގައި އެމްއެމްޕީއާރްސީން އެދިފައިވަނީ، އެ ކުންފުނީގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކޮށް، އޭގެ ތެރެއިން އެކި ފަރާތްތަކަށް ބަހާފައިވާ 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.

އެމްއެމްޕީއާރުސީގެ ވަކީލު ވިދާޅުވީ މިއަދު ޝަރީއަތަށް ހާޒިރު ނުވެވުނީ ކޯޓަށް ހާޒިރުވުމުގެ އަމުރު އެހެން ތަނަކަށް ފޮނުވުމުން، އެކަން ވަކީލުންނަށް ނޭނގޭތީ ކަމަށެވެ. އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވަކީލު ވިދާޅުވި އެވެ.

"އެހެން ފަހަރުތަކުގައި ޗިޓް ލިބެނީ އެމްއެމްޕީއާރުސީ އަށް. އެކަމަކު މި ފަހަރު އެހެން އޮފީހަކަށް ޗިޓް ލިބިފައި އޮތީމަ އެކަން ނޭނގުނީ. މާދަމާގެ ވަގުތެއްގައި މައްސަލަ އަލުން ހުށަހަޅަން މަސައްކަތް ކުރަމުން މިދަނީ،" ވަކީލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަދި މިހާރު ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް އެސްއޯއެފްގެ މައްޗަށް އެމްއެމްޕީއާރުސީން ދައުވާކުރަނީ އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ 10 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފް އަށް ދިން ހަތަރު ލައްކަ ޑޮލަރު (ހަ މިލިއަން ރުފިޔާ) ހޯދުމަށެވެ.

ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާއިރު އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެ، ވަނީ ޖަލަށް ލައިފަ އެވެ.