Roadha Mihaaru
މަރުވެފައި އޮއްވައި ފެނުނީ މޫދަށް ފުންމާލި މީހެއް

މަރުވެފައި އޮއްވައި ފެނުނީ ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް

19 އޮކްޓޯބަރ 2023

މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނު މީހާ އަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނު މީހާ އަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ، ކަނޑުމަތިން އެ މީހާ ފެނުނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ މޫދަށް ފުންމާލި މީހާ ގެއްލިގެން ރިޕޯޓުކުރީ ރޭ 7:54 ހާއިރު ކަމަށެވެ.

އެ މީހާ ހޯދަން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ މީހާ ފެނުނީ ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ފެރީއެއްގެ ފަޅުވެރިންނަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.