Roadha Mihaaru
ބައިބަޔަށް ނިންމައިގެން ވިޔަސް އާ ޓާމިނަލް ހުޅުވަނީ!

މުއިއްޒު ބޭނުންވަނީ ބައިބަޔަށް ނިންމައިގެން ވިޔަސް ޓާމިނަލް ހުޅުވުން!

19 އޮކްޓޯބަރ 2023

އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު ޑރ. މުހައްމަދު މުއިއްޒުގެ ކުރިމަތީގައި އޮތީ އިގްތިސޯދީ ގޮންޖެހުންތަކެއް ކަމަށް ވިޔަސް އެ ކަމުން އަރައިގަތުމަށް އެ މަނިކުފާނުގެ ވިސްނުންފުޅުގައި ހުރީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމެވެ. އެކަމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު ތަނަކީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމޭނީ 2025 ގައި ކަމަށް ވިޔަސް މުއިއްޒުގެ ޕްލޭންގައި އޮތީ އަންނަ އަހަރެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ކޮންމެ ގޮތަކަށް ވިޔަސް އަޅުގަނޑުމެން ބޭނުމޭ އެއާޕޯޓުން ޓޫރިސްޓުން ގިނައިން ގެނެސް ފުރުވޭ ތަނަކަށް ހަދަން. ދެ ގުނަ ތިން ގުނަަ އަށް އެއާޕޯޓުގެ ޖާގަ ބޮޑުކުރަން. ޑިއުޓީ ފްރީތައް ވީ ވަރަކުން ފުޅާ ކުރަން،" މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

"ފަހަރުގައި މުޅި ތަން ނުނިމެނީއޭ އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް. ނުނިމޭ ކަމަށް ވިޔަސް ބައިބަޔަށް ނިންމައިގެން ވިޔަސް، ހުޅުވިދާނެ."

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް

މުއިއްޒު ބޭނުންފުޅުވަނީ އަންނަ އަހަރުގައި ޓޫރިޒަމް ޕީކް ސީޒަނަށް ތައްޔާރުވެ، އާ ޓާމިނަލް ހުޅުވުމެވެ. ބައިބަޔަށް ކަމަށް ވިޔަސް އަންނަ އަހަރުގެ ފަހުކޮޅު އެ ތަން ބޭނުންކުރަން ފަށަން އެ މަނިކުފާނު ބޭނުންފުޅުވެ އެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމުގެ މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެ ގަނެ، އެކަންކަމުގެ ތެރެއިން ރާއްޖޭގެ މަގާމު މާކެޓުގައި ހިފެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވަނީ، ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތް ނިންމައި، އާމްދަނީ ލިބޭނެ ގޮތްތައް އިތުރު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

އެއާޕޯޓްގެ މަސައްކަތް ނިންމުން ދިގުލައިގެން ގޮސްފައިވާއިރު، ސައޫދީ ފަންޑުން ސަރުކާރުން ވަނީ އެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އެއްބަސްވެފަ އެވެ.