މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދުގެ މިހާތަނަށް އެއް ފްލައިޓް ކެންސަލްވެ، ދެ ފްލައިޓެއް ޑިލޭވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
24 ޖޫން 2025
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދުގެ މިހާތަނަށް އެއް ފްލައިޓް ކެންސަލްވެ، ދެ ފްލައިޓެއް ޑިލޭވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ، ކެންސަލްވީ ގަތަރު އެއާލައިންގެ އެއް ފްލައިޓު ކަމަށެވެ. އަދި ޑިލޭވެފައިވަނީ ގަލްފް އެއާ އާއި ގަތަރު އެއާލައިންގެ އިތުރު ފްލައިޓެކެވެ.
ގަތަރު އެއާލައިންގެ ފްލައިޓު ވީއައިއޭ އަށް ޖައްސަން ކުރިން ތާވަލު ކޮށްފައި އޮތީ މިއަދުގެ ހެނދުނު 8:50 ގަ އެވެ. އެކަމަކު، އެ ފްލައިޓް ޖައްސަން މިހާރު ތާވަލު ކޮށްފައި ވަނީ މިއަދުގެ މެންދުރު ފަހު 2:30 ހާއިރު އެވެ. ގަލްފް އެއާ ފްލައިޓް ހެނދުނު 6:30 އަށް ތާވަލުކުރި ކުރި ނަމަވެސް އެ ފްލައިޓް ދެން ޖައްސާނީ 11:20 ހާއިރު އެވެ. ގަތަރު އެއާލައިންގެ ކެންސަލްވީ، 8:25 ގައި ޖައްސަން ކަނޑައެޅި ފްލައިޓެވެ.
އެ ފްލައިޓުތަކުގެ އިތުރުން އެތިހާދު އެއާލައިންގެ ފްލައިޓެއް ވެސް ޑިލޭ ވެފައިވާ ކަން ފްލައިޓް ރޭޑާއިން ދައްކަ އެވެ. ނަމަވެސް، އެއީ ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅުން ހުރި ޑިލޭއެއް ނޫން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ގަތަރު އެއާލައިނަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފްލައިޓް ޖައްސާ އެއް އެއާލައިނެވެ. އެވްރެޖްކޮށް އެ އެއާލައިންގެ ހަތަރު ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެ އަށް ޖައްސަ އެވެ. އޭގެ ތެރޭގައި ޔޫރަޕުން އަންނަ ކަނެކްޓިން ފްލައިޓްތައް ވެސް ހިމެނެ އެވެ. ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އިން ވެސް އެވްރެޖުކޮށް ހަތަރު ފްލައިޓް ރާއްޖެއަށް އަޅަ އެވެ. އަދި އެމިރޭޓްސްގެ ކާގޯ ފްލައިޓުތަކާ އެކު އެ އަދަދު ބައެއް ދުވަސް ދުވަހު އިތުރުވެ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރޭ އީރާނުން ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ އެއާސްޕޭސް ބަންދު ކުރުމުން ރާއްޖެއަށް ރޭ އަންނަން އޮތް ތިން ފްލައިޓެއް ވެސް ޑިލޭވި އެވެ. އެމްއޭސީއެލް އިން ބުނީ އެ ފްލައިޓުތައް ޑިލޭވެފައިވަނީ 45 މިނެޓާއި 1 ގަޑި އިރާ ދެމެދުގެ ވަގުތަކަށެވެ.
ރޭ ޑިލޭވެފައިވަނީ އެމިރޭޓްސް އާއި ފްލައި ދުބާއީގެ އިތުރުން ޓާކިސް އެއާލައިންގެ ފްލައިޓެކެވެ.
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް
ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
އެއާޕޯޓުން 9 ޓޫރިސްޓް ކައުންޓަރު ކުއްޔަށްދެނީ
ތޮއްޖެހޭތީ އެއާޕޯޓް އަވަހަށް ހުޅުވަން މަޝްވަރާކުރަނީ
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!
ގަތަރުގެ ފްލައިޓެއް ކުއްލި ހާލަތުގައި ޖައްސައިފި
ހުއްޓާލި ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށައިފި
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް