07 ފެބުރުއަރީ 2017
ވޮޝިންޓަން (ފެބްރުއަރީ 7) - އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާފައިވާ އުމުރު ހުއްޓުވުމަށް ކޯޓުން ނެރުނު އަމުރަށް އެމެރިކާގެ ޓެކް ކުންފުނިތަކުން ތާއީދުކޮށްފި އެވެ.
ވޮޝިންޓަން (ފެބްރުއަރީ 7) - އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާފައިވާ އުމުރު ހުއްޓުވުމަށް ކޯޓުން ނެރުނު އަމުރަށް އެމެރިކާގެ ޓެކް ކުންފުނިތަކުން ތާއީދުކޮށްފި އެވެ.
ޓްރަމްޕް ނެރުއްވި އަމުރު އިމިގްރޭޝަން ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެ ކޯޓަށް ހުށަހެޅި 127 ކުންފުނީގެ ތެރޭގައި އެޕަލް، ފޭސްބުކް، ގޫގްލް، އިންޓެލް، މައިކްރޯސޮފްޓް، ނެޓްފްލިކްސް އަދި ޓްވިޓާ ހިމެނެ އެވެ.
ޓްރަމްޕުގެ އަމުރާ ގުޅިގެން އެމެރިކާގެ ކުންފުނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މަނާކުރި ހަތް ގައުމުގެ ތެރޭން ގިނަ ބަޔަކު އެމެރިކާގެ ޓެކް ކުންފުނިތަކުގައި މަސައްކަތް ކުރެ އެވެ.
ޓްރަމްޕް ހުވާ ކުރުމުގެ ކުރިން ވަނީ ވަރަށް ގިނަ ޓެކް ކުންފުނިތަކުގެ އިސް މީހުންނާ ބައްދަލުކޮށްފައި.
ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވާފައިވާތީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް އިސްތިއުނާފް ކޯޓުން ވަނީ ވޮޝިންޓަން ކޯޓުގެ އަމުރު ދަމަހައްޓައިފަ އެވެ. އަދި ކޯޓުން ވަކި ހުކުމެއް ނިންމުމުގެ ކުރިން ދެ ފަރާތުން ހެކި ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
ޓްރަމްޕުގެ އަމުރުގެ ސަބަބުން މުސްލިމް ހަތް ގައުމުގެ މީހުން 90 ދުވަހަށް އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވަނީ 120 ދުވަހަށް މެދު ކަނޑާލައިފަ އެވެ.
އެމެޒޮން އާއި އެކްސްޕީޑީއާ އިން ވެސް މިދިޔަ ހަފުތާގައި ވަނީ އިމިގްރޭޝަން އަމުރުގެ ސަބަބުން އެ ކުންފުނިތަކުގެ މުވައްޒަފުންނާއި ވިޔަފާރި އަށް ގެއްލުންވާ ކަމަށް ބުނެ ވޮޝިންޓަން ކޯޓަށް ހުށަހެޅި އަމުރަށް ތާއީދުކޮށްފަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ގޫގުލް އިން ފިޓްބިޓް ގަތުން ރަނގަޅުތޯ ބަލަނީ
އެޕަލްގެ އަހަރީ ކޮންފަރެންސް އޮންލައިންކުރަނީ
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓެކް ކުންފުނިތައް އަނެއްކާވެސް ސެނެޓަށް ހާޒިރުކުރަނީ
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
އޮފީސް ނުހުޅުވައި އެޕަލް އަށް ކެތެއް ނުވި