ބާން، ސްވިޒަލެންޑް (އޮކްޓޯބަރު 25) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި، މިރޭ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް އާޓިފިޝަލް ދަނޑެއްގައި ކުޅެން ޖެހޭތީ، މެންޗެސްޓާ ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލާ ފާޑު ކިޔައިފި އެވެ.
ބާން، ސްވިޒަލެންޑް (އޮކްޓޯބަރު 25) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި، މިރޭ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް އާޓިފިޝަލް ދަނޑެއްގައި ކުޅެން ޖެހޭތީ، މެންޗެސްޓާ ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލާ ފާޑު ކިޔައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އިދާރީ ހިންގުން އެ ގައުމަކަށް ބަރޯސާ ވެފައިވާ ސްވިޒަލެންޑްގެ ދެވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމްގައި އޮތީ ޓާފް ނުވަތަ އާޓިފިޝަލް ދަނޑެކެވެ.
ވެންކްޑޯފް ސްޓޭޑިއަމްގައި މިރޭ ސިޓީ އާއި ސްވިޒަލެންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް ކުޅޭނެ އެވެ. އެކަމަކު އެ ދަނޑުގައި ޓާފް ދަނޑެއް އޮތުމުން ގާޑިއޯލާ ހިތްހަމައެއް ނުޖެހުނެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތަކަށް އާންމުގޮތެއްގައި ސިޓީން ދަތުރު ކުރަނީ މެޗު ކުޅޭ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. ނަމަވެސް މިރޭގެ މެޗަށް ދެ ދުވަސް ކުރިން ސްވިޒަލެންޑަށް ދަތުރު ކުރި އެވެ. އެއީ ދަނޑުގައި ކުޅުންތެރިންނަށް ހޭނެން ވަގުތު ދިނުމުގެ ގޮތުންނެވެ.
ވެންކްޑޯފް ސްޓޭޑިއަމްގައި ސިޓީން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަންގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯން ބޯޅަ ކުރިއަށްދާއިރު، ކޯޗު ގާޑިއޯލާ ހިނގާފައި ދަނީ --- ފޮޓޯ: އޭއެފްޕީ
"އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ކުޅޭ ޓީމުތަކުގެ 99.9 ޕަސަންޓް ކުޅެނީ ގުދުރަތީ ވިނައިގައި. އާޓިފިޝަލް ދަނޑަށް ވުރެ މާ ބޮޑުތަން ވެސް ރަނގަޅު ވާނެ،" މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.
"ޔޫއެފާ އިން މިތަނުގައި މެޗުތައް ކުޅެން ހުއްދަ ދޭނީ ރަނގަޅު ހާލަތެއްގައި އޮތުމުންކަމަށް ގަބޫލު ކުރަނީ. އަހަރެމެން ދުވަހަކު ވެސް ރަށުން ބޭރުގައި މެޗުގެ ކުރިން ޕްރެކްޓިސްތައް ނުކުރާ އެއް ސަބަބަކީ އަހަރެމެން އަމިއްލަ ތަނެއް ހުރުމުން. އެކަމަކު (މިފަހަރު މިތަނުގައި މި ޕްރެކްޓިސް ކުރީ) މިއީ އިސްތިސްނާ ހާލަތެއް ވީމަ."
އާޓިފިޝަލް ދަނޑެއްގައި ކުޅެގެން އަނިޔާގެ ރިސްކު ބޮޑުވާނެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އެކަމާ ބެހޭގޮތުން އޭނާ އަށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
"އަހަރެން އުންމީދު ކުރަނީ ދެ ޓީމަށް ވެސް އެކަހަލަ ކަމެއް ދިމާ ނުވާނެކަމަށް ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ އެއް ވެސް ޓީމެއް އެ ދަނޑުގައި ކުޅެން ފަރިތަ ނުވާނެ ކަމަށެވެ.
"ނަމަވެސް ޗެމްޕިއަންސް ލިގުގައި ކުޅެން އެ ދަނޑު ޝަރުތު ހަމަވާކަމަށް ޔޫއެފާއިން ނިންމީމަ އަހަރެމެން ޖެހޭނެ މިއަށް ހޭނޭތޯ ބަލަން،" ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ޗެމްޕިއަންސް ލީގު ހޯދައި ގާޑިއޯލާ ފުޓްބޯޅައިގެ ތަހުތަށް
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ސިޓީގެ ޗެއާމަން އަހަރެން ވައްކެއް ނުކުރާނެ: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ