Roadha Mihaaru
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު އައްޔަން ކުރަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރަން ނިންމައިފި

26 އޮކްޓޯބަރ 2023

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހައި ކޯޓާއި ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އެކަންޏެވެ. އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލެއްވީ ގާޒީ މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މަރިޔަމް ވަހީދު އައްޔަން ކުރަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ކަމަށެވެ.

ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން 2018 ވަނަ އަހަރުން ފެށިގެން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. އަދި އޭގެކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ.

ގާޒީ މަރިޔަމް ވަހީދު 2016 ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން އޭނާގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ. ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކޮށް، އޭނާ އަލުން ވަޒީފާއަށް ނިކުތުމަށް އެންގި އެވެ.