ހޮލީވުޑްގެ ތަރިން ކަމަށްވާ ޗެނިން ޓޭޓަމް އާއި ޒޯއީ ކްރެވިޓްސް ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުން އެންގޭޖުވެއްޖެ އެވެ.
ހޮލީވުޑްގެ ތަރިން ކަމަށްވާ ޗެނިން ޓޭޓަމް އާއި ޒޯއީ ކްރެވިޓްސް ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުން އެންގޭޖުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ މީހުން އަންނަނީ ވަރަށް އަވަހަށް ކައިވެނިކުރަން ވެސް ތައްޔާރުވަމުންނެވެ.
ޓޭޓަމް، 44، އާއި ޒޯއީ، 34، އެންގޭޖުވިކަން މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާ ބަންދުގައި ކެންޑަލް ޖެނާގެ ހެލޮވީން ޕާޓީ އަށް އެ ދެމީހުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއްގައި ޒޯއީގެ އިނގިލީގައި އެންގޭޖުމަންޓް އަނގޮޓިއެއް އިން ތަން ފެނުމުންނެވެ.
މިދިޔަ އަހަރު ޖީކިއު މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޒޯއީ ވަނީ ޓޭޓަމް އަށް ވަރަށް ތައުރީފުކޮށް އޭނާގެ ރަނގަޅު ވާހަކަ ދައްކައިފަ އެވެ.
ޓޭޓަމް އާއި ޒޯއީގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2021 ވަނަ އަހަރު، ޒޯއީ މިހާރު މަސައްކަތް ކުރަމުން އަންނަ އޭނާގެ އަލަތު ޑައިރެކްޝަން ފިލްމު "ޕުސީ އައިލެންޑް"ގެ ކާސްޓިންގެ ތެރެއިން ދިމާވެގެންނެވެ. އެ ފިލްމުގައި ލީޑު ރޯލަކަށް ޓޭޓަމް ވަނީ ހަމަޖައްސައިފަ އެވެ.
ޓޭޓަމް ވަނީ ކުރިން ވެސް ކައިވެންޏެއް ކޮށްފަ އެވެ. އެ ކައިވެންޏަށް ލިބުނު 10 އަހަރުގެ އަންހެން ކުއްޖެއް ވެސް އޭނާގެ ހުރެ އެވެ. ޒޯއީ ވެސް ވަނީ ކުރިން ކައިވެންޏެއް ކޮށްފަ އެވެ.
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި
ބްރިޓްނީގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފި
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!