Roadha Mihaaru
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި

ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި

12 ސެޕްޓެމްބަރ 2023

ހޮލީވުޑްގެ އެކްޓަރު ކްރިސް އެވަންސް އާއި އޭނާގެ ލޯބިވެރިޔާ އެލްބާ ބެޕްޓިސްޓާ ކައިވެނިކޮށްފި އެވެ.

ހޮލީވުޑްގެ އެކްޓަރު ކްރިސް އެވަންސް އާއި އޭނާގެ ލޯބިވެރިޔާ އެލްބާ ބެޕްޓިސްޓާ ކައިވެނިކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކްރިސް، 42، އާއި އެލްބާ، 26، ކައިވެނިކުރީ މިދިޔަ ހޯމަ ދުވަހު އެމެރިކާގައި ހުންނަ އެ މީހުންގެ ގޭގައި ބޭއްވި ކުޑަކުޑަ ހަފުލާއެއްގަ އެވެ. ވަރަށް ސިއްރުން ބޭއްވި އެ ކައިވެންޏަށް ދައުވަތު ދިނީ އާއިލާ އާއި އެންމެ ގާތް ރައްޓެހިންނަށް އެކަނި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އެ ހަފުލާއަށް ފޯނު ވެއްދުން ވެސް މަނާކުރި އެވެ. އެހެންވެ، މިހާތަނަށް ވެސް އެ ހަފުލާގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައި ނުވެ އެވެ. ކައިވެނިކުރި ކަން ވެސް އެ ދެ މީހުން އަދި އިއުލާން ނުކުރެ އެވެ.

މާވެލްގެ ކެޕްޓަން އެމެރިކާގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި ކްރިސްގެ ކައިވެންޏަށް މަޝްހޫރު ތަރިން ކަމަށްވާ އަދި އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށް ވެސް ވާ ސްކާލެޓް ޔޮހެންސަން، ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް ހެމްސްވާތު، ޖޯން ކްރެސިންސްކީ، އެމިލީ ބްލަންޓް އަދި ޖެރެމީ ރެނާ ވެސް ދިޔަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކްރިސް އާއި އެލްބާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ އަޑުތައް ފެތުރުނު އިރު، އެ މީހުން ރައްޓެހިވެގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭރު ރިޕޯޓްތައް ބުންޏެވެ.