އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ ސާލިމް އައް ދައުސާރީ ރޭ ހޯދައިފި އެވެ.
އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ ސާލިމް އައް ދައުސާރީ ރޭ ހޯދައިފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި، އޭއެފްސީ އެވޯޑް ހަފުލާގައި ދައުސާރީ، އެ އެވޯޑް ހޯދީ އޮސްޓްރޭލިއާގެ މެތިއު ލެކީ އަދި ގަތަރުގެ އަލް މުއީޒް އަލީއާ ވާދަކޮށެވެ.
ދައުސާރީ މަޝްހޫރު ވެފައިވަނީ، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލި ކުރަން ސައުދީ އަރަބިއާ އަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ބަލިވީ ހަމައެކަނީ ސައުދީ އަތުންނެވެ. މެޗު 1-1 ން އެއްވަރުވެފައި ވަނިކޮށް، ސައުދީ އަށް ލީޑް ނަގައިދިނީ އައް ދައުސަރީ އެވެ.
ދައުސާރީ، އޭއެފްސީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހިފަހައްޓާލައިގެން --- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރުގެ އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދައުސާރީ އަށް ލިބުމަށް މަގުފަހިވި އެންމެ ބޮޑު ސަބަބަކީ ގައުމީ ޓީމުގައި ދެއްކި ކުޅުން އެކަންޏެއް ނޫނެވެ. ސައުދީގެ ޕްރޯ ލީގު އަލް ހިލާލް އަށް ހޯދައިދިނުމަށް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަހުލީ ގެންގޮސް ދިނުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.
އޭޝިއާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ އޮސްޓްރޭލިއާގެ ސަމަންތަ ކާ އެވެ.
އޭޝިއާ ބައްރުން ބޭރުގައި ކުޅޭ ކުލުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބެޔާން މިޔުނިކްގެ ޑިފެންޑަރު ދެކުނު ކޮރެއާގެ ކިމް މިން ޖޯ އެވެ.
ފިރްމީނޯ ވެސް ސައުދީ ލީގަށް ބަދަލުވެއްޖެ
ސައުދީގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން
އަހަރެންގެ މަސައްކަތް ޔޫރަޕުގައި ފުރިހަމަކޮށްފިން
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ގަވީ އާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފައިނަލަށް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ސައުދީގެ ބިޔަ ހުށަހެޅުންތަކުން ރެއާލަށް ބިރެއް ނެތް
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟