Roadha Mihaaru
ޗެމްޕިއަން ލައިޕްޒިގް ޖަރުމަނު ކަޕުން ކަޓައިފި

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ލައިޕްޒިގް ޖަރުމަނު ކަޕުން ކަޓައިފި

01 ނޮވެމްބަރ 2023

ބާލިން (ނޮވެމްބަރު 1) - ވުލްފްސްބާގް އަތުން 1-0 ން ބަލިވެ، ޖަރުމަނު ކަޕުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ލައިޕްޒިގް މުބާރާތުން ކަޓައިފި އެވެ.

ބާލިން (ނޮވެމްބަރު 1) - ވުލްފްސްބާގް އަތުން 1-0 ން ބަލިވެ، ޖަރުމަނު ކަޕުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ލައިޕްޒިގް މުބާރާތުން ކަޓައިފި އެވެ.

ލައިޕްޒިގް ވަނީ މިދިޔަ ތިން އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ އެންމެ ފުރަތަމަ 2020 ގެ ފައިނަލުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވި ނަމަވެސް މިދިޔަ ދެ އަހަރު ފްރައިބާގް އަދި ފްރެންކްފާޓް ބަލިކޮށް ލައިޕްޒިގުން ތަށި ހޯދި އެވެ.

ފްރެކްފާޓަށް 2018 ގެ ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިދިން ނިކޯ ކޮވާކްގެ ވުލްފްސްބާގުން ރޭ، ލައިޕްޒިގް އަތުން މޮޅުވުމުން އެ ޓީމަށް މިވަގުތު އޮތް އުނދަގޫ ހާލަތުން ކޮންމެ ވެސް ވަރެއްގެ ލުޔެއް ވަނީ ލިބިފަ އެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވުމުން އުނދަގޫ ހާލަތެއް ކުރިމަތިވި އެވެ.

ހޫނު މޫސުމުގައި ސޮއިކުރި ވަސްލާވް ސާނީ ވަނީ ތިއާގޯ ޓޮމާސް ދިން ޕާހެއްގައި ވުލްފްސްބާގްގެ ލަނޑު 14 ވަނަ މިނެޓްގައި ޖަހައިފަ އެވެ.

ލައިޕްޒިގަށް މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވީ ދެވަނަ ހާފު ފެށިގެން ނުވަނަ މިނެޓްގައި ޔޫސުފް ޕޯލްސަން އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.