Roadha Mihaaru
ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

07 ފެބުރުއަރީ 2017

ޓީވީއެމްގައި 17 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތިދުވަހު އެ ތަނުން އިސްތިއުފާދެއްވި ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީވީއެމްގައި 17 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތިދުވަހު އެ ތަނުން އިސްތިއުފާދެއްވި ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.

ޕީއެސްއެމްގެ ނިއުސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑެއްގެ ގޮތުގައި ހުންނެވުމަށް ފަހު، މީޑިއާ ދޫކުރައްވައި ހީނާ ވަނީ މިދިޔަ އާދީއްތަދުވަހު ފޮރިން މިނިސްޓްރީގެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ހީނާ މިއަދު ވިދާޅުވީ އެ މަގާމް ގަބޫލު ކުރެއްވީ މި އަހަރުގެ ފަހުކޮޅު ރާއްޖެ އިން ބޭރަށް ކިޔަވަން ދާން ނިންމާފައިވާތީ ކަމަށެވެ. މާސް ކޮމިއުނިކޭޝަންސް އިން ޑިގްރީ ހައްދަވާފައިވާ ހީނާ ވިދާޅުވިގޮތުގައި މާސްޓާސް ހަދަން ނިންމަވާފައިވަނީ ޑިޕްލޮމެޓިކް ރިލޭޝަންސްއާ ގުޅޭ ދާއިރާއަކުންނެވެ.

"ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާތަކެއް ކުރެވިއްޖެ. ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނާނެ. އެގޮތުން މިއީ އަޅުގަނޑުގެ ދިރިއުޅުމަށް އައި ބަދަލެއް،" އޭނާ ވިދާޅުވި އެވެ.