ލޫޓަން (ނޮވެމްބަރު 6) - އެންމެ ފަހު ވަގުތު ފަހަތުން އަރައި ލޫޓަން ޓައުންއާ 1-1 އިން އެއްވަރުކުރަން ޖެހި ގޯލަށް ފަހު ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، އޭނާގެ ބައްޕަ މިނިވަން ކުރަން، ރަހީނު ކުރި މީނުންނަށް ގޮވާލައިފި އެވެ.
06 ނޮވެމްބަރ 2023
ލޫޓަން (ނޮވެމްބަރު 6) - އެންމެ ފަހު ވަގުތު ފަހަތުން އަރައި ލޫޓަން ޓައުންއާ 1-1 އިން އެއްވަރުކުރަން ޖެހި ގޯލަށް ފަހު ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، އޭނާގެ ބައްޕަ މިނިވަން ކުރަން، ރަހީނު ކުރި މީނުންނަށް ގޮވާލައިފި އެވެ.
ލިވަޕޫލަށް ގޯލު ޖަހަން ލިބުނު ގިނަ ުރުސަތުތަކެއް ނަގާލި މި މެޗުގައި ލޫޓަން ޓައުން އިން ލީޑު ނެގީ ބަދަލު ކުޅުންތެރިޔާ ޓަހީތު ޗޮންގް 80 ވަނަ މިނިޓުގައި ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓު ދެއްކި މި މެޗުގައި ޑީއާޒް ގޯލު ޖެހީ، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ.
ޑިއާޒް ކުޅެން ނުކުމެފައި ވަނީ ލޫޓަން އިން ލީޑު ނެގިތާ ތިން މިނިޓު ފަހުން، މިޑްފީލްޑަރު ރަޔާން ބްރެވެންބްރެކްގެ ބަދަލުގަ އެވެ. މިއީ މިދިޔަ ހަފްތާ އޭނާގެ މައިންބަފައިން ކޮލަމްބިއާގައި ރަހީނުކުރި ފަހުން ޑިއާޒް ކުޅެން ނުކުތް ފުރަތަމަ ފަހަރެވެ. ލޫޓަންއާ ކުޅުމުގެ ކުރިން ލިވަޕޫލް ކުޅުނު ދެ މެޗުގައި ވެސް ޑިއާޒް ކުޅެފައެއް ނުވެ އެވެ.
ކޮލަމްބިއާގެ ފުލުހުން އޭނާގެ މަންމަ ސަލާމަތް ކޮށްފައި ވިއަސް، ބައްޕަ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އެއްވަރު ކުރި ގޯލަށް ފަހު ޑިއާޒް ވަނީ ޖޯޒީ ހިއްލާލައި، ދަށުން ލައިގެން ހުރި ޓީޝާޓުގައި "ބައްޕަ މިނިވަން ކޮށްދީ" ޖަހާފައިވާ މެސެޖު ދައްކާލައިފަ އެވެ.
ޑިއާޒްގެ މައިންބަފައިން ރަހީނު ކޮށްފައި ވަނީ ކޮލަމްބިއާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ ނެޝަނަލް ލިބަރަލް އާމީ (އީއެލްއެން) ގެ ބަޔެކެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ޑީއާޒްގެ ބައްޕަ މިނިވަން ކުރާނެ ކަމަށް ވެސް އެ ގުރޫޕުން ބުނެފައި ވެއެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 24 ޕޮއިންޓާ އެކު އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ލީގުގެ ތިންވަނައަށް ޖެހިލައިފަ އެވެ. އާސެނަލް ހަތަރުވަނައަށް ވެއްޓުނީ ގޯލުގެ ތަފާތުންނެވެ. ދެ ޕޮއިންޓް މަދުން ހޯދައިގެން ފަސްވަނައިގައި އޮތް އެސްޓަން ވިލާ ވަނީ ރޭ 2-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެފަ އެވެ.
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ސަލާހްގެ ކޮންޓްރެކްޓް އާކުރަން؛ ކްލަބުން ޖަވާބެއް ނެތް
ލިވަޕޫލް ބަލިނުވެ ސަލާމަތްވީ ކިރިޔާ، ސްލޮޓް ސަސްޕެންޑް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް