Roadha Mihaaru
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ

ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ

07 ނޮވެމްބަރ 2023

އިންޑިއާގެ ގައުމީ ޓީމުގެ ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލްއާ ލޯބީގެ ގުޅުމެއް ބާއްވާ ކަމަށް ދެކެވޭ ވާހަކަތައް ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން ދޮގުކޮށްފި އެވެ.

އިންޑިއާގެ ގައުމީ ޓީމުގެ ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލްއާ ލޯބީގެ ގުޅުމެއް ބާއްވާ ކަމަށް ދެކެވޭ ވާހަކަތައް ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން ދޮގުކޮށްފި އެވެ.

މިހާރު ސްޓްރީމް ކުރަމުން އަންނަ، މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8"ގެ ކުރިއަށް އޮތް ތިންވަނަ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި އަންނަނީ ސާރާ އާއި އަނަންޔާ ޕާންޑޭ އެވެ. އެ އެޕިސޯޑުގެ ޓީޒާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ޓީޒާ އިން ފެންނަ ގޮތުގައި، ކަރަން ވަނީ ޝުބްމަންއާ ލޯބީގެ ގުޅުމެއް އޮވޭތޯ ސާރާއާ ސުވާލުކޮށްފަ އެވެ.

"ނުބައި ސާރާއެއްގެ ވާހަކަ އެންމެން ތި ދައްކަނީ. އެންމެން މި އުޅެނީ ނުބައި ސާރާއެއްގެ ފަހަތުން،" ސާރާ ބުންޏެވެ.

ސާރާ އެ އިޝާރާތް ކުރީ ޝުބްމަންއާ އެ ކަހަލަ ގުޅުމެއް ބާއްވާ ކަމަށް ބުނާ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރުގެ ދަރިފުޅު، ސާރާ ޓެންޑުލްކަރަށެވެ. މިފަހުން، ޝުބްމަން އާއި ސާރާ ޓެންޑުލްކަރު ވަނީ އެކި ތަންތަނުން އެކުގައި ފެނިފަ އެވެ. ޝުބްމަން ގުޅޭ މެޗުތައް ބަލަން ވެސް ސާރާ ޓެންޑުލްކަރު ދެ އެވެ.

"ކޮފީ ވިތު ކަރަން"ގެ އާ އެޕިސޯޑުގައި އަނަންޔާ ވަނީ އޭނާ އާއި އަދިތުޔަ ރޯއީ ކަޕޫރުގެ ގުޅުމާ ބެހޭ ގޮތުން ވެސް ފުރަތަމަ ފަހަރަށް ވާހަކަދައްކައިފަ އެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ އެވެ.

"ކޮފީ ވިތު ކަރަން 8"ގެ ފުރަތަމަ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި އައީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އެވެ. ދެވަނަ އެޕިސޯޑުގެ މެހުމާނުންނަކީ މަޝްހޫރު އެކްޓަރުން އަދި ދެބެއިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އެވެ.