ފުވައްމުލަކު އެއާޕޯޓުގައި ޖައްސާފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ކާގޯ ވެހިކަލްއެއް ޖެހި ހިނގި އެކްސިޑެންޓްގައި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.
12 ނޮވެމްބަރ 2023
ފުވައްމުލަކު އެއާޕޯޓުގައި ޖައްސާފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ކާގޯ ވެހިކަލްއެއް ޖެހި ހިނގި އެކްސިޑެންޓްގައި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ރަންވޭ މަތީގައިއޮތް ފްލައިޓެއްގައި ކާގޯ އުފުލާ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުވައްމުލަކު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ކާގޯ ވެހިކަަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ސްޓްރެޗާއަށް އަރުވަނީ.-- ފޮޓޯ: އެމްޑީޕީ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގެ ސަބަބުން ފްލައިޓަށް އަރަން ތިބި ފަސިންޖަރުން ބޯޑިން އޭރިއާގައި ވަނީ މަޑުކުރުވާފަ އެވެ.
ފުވައްމުލަކުގައި ކާގޯ ވެހިކަލެއް މޯލްޑިވިއަންގެ ފްލައިޓެއްގައި ޖެހި ފްލައިޓުގެ ބައެއް ހަލާކުވެފައި.-- ފޮޓޯ: އެމްޑީޕީ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަނިޔާވި މިހާ އަށް ފަރުވާ ދިނުމަށް ސްޓްރެޗާއަކަށް އަރުވާ ތަނެވެ. އަދި ކާގޯ އުފުލާ ވެހިކަލް ފްލައިޓުގައި ޖެހުމުން ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
ފުވައްމުލަކުގައި ލައްކައެއްހާ ރުފިޔާ ފޭރިގެންފި
ފްލައިޓް ހައިޖެކްކުރާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި
ފްލައިޓެއް ހައިޖެކްކުރާނެ ކަމަށް ބުނި މައްސަލައެއް
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު
ފުވައްމުލަކު ޑްރަގް ކޭސް: ދެ މީހުން އަލުން ހައްޔަރު
ސޯމާލިއާ މީހުން ރާއްޖެ އައި ގޮތް ބަލަން ތަހުގީގެއް
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!