Roadha Mihaaru
ފްލައިޓެއް ހައިޖެކްކުރާނެ ކަމަށް ބުނި މައްސަލައެއް

ފުވައްމުލަކުން ފުރަން އުޅުނު ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނި މައްސަލައެއް ބަލަނީ

31 އޯގަސްޓް 2021

ފުވައްމުލަކު އެއާޕޯޓުން ރޭ ފުރަން އުޅުނު މޯލްޑިވިއަންގެ މަތިންދާބޯޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުވައްމުލަކު އެއާޕޯޓުން ރޭ ފުރަން އުޅުނު މޯލްޑިވިއަންގެ މަތިންދާބޯޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، މާލެ އަންނަން ފުރަން ތައްޔާރު ވެފައި އޮތް ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގެ ރިޕޯޓު ރޭ ނުވައެއް ޖަހަން އުޅެނިކޮށް ލިބިފައިވާ ކަމަށާއި އެކަމަކު އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

ފުވައްމުލަކު އެއާޕޯޓުން ފުރަން އުޅުނު މޯލްޑިވިއަންގެ މަތިންދާބޯޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއިރު، މާލެ އިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ޖައްސަން ދިޔަ މޯލްޑިވިއަންގެ ބޯޓަކަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ވެސް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.