Roadha Mihaaru
ނޯވޭއަށް ބޮޑު ދެރައެއް، ހާލަންޑަށްވެސް އަނިޔާވެއްޖެ

ނޯވޭ އަށް ބޮޑު ދެރައެއް، ހާލަންޑަށް ވެސް އަނިޔާވެއްޖެ

19 ނޮވެމްބަރ 2023

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ނޯވޭ އަށް ގެއްލިއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ނޯވޭ އަށް ގެއްލިއްޖެ އެވެ.

ރޮމޭނިއާ އިން ރޭ، އިޒްރޭލް 2-1 ން ބަލި ކުރުމުން ނޯވޭ އަށް ވަނީ ޔޫރޯ އަށް ސީދާ ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ. އިޒްރޭލް މޮޅުވިނަމަ ނޯވޭ އަށް ފުރުސަތެއް އޮތީހެވެ.

ކޮލިފައި ނުވުމުގެ ހިތްދަތިކަމާ އެކު ނޯވޭ ވަށައިލި އަނެއް ހިތާމައަކީ ޓީމުގެ ސްޓާ ފޯވާޑް އާލިން ހާލަންޑަށް އަނިޔާވުމެވެ.

ބުރާސްފަތި ދުވަހު ފެރޯ އައިލެންޑާ ދެކޮޅަށް ނޯވޭ ކުޅުނު މެޗުގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގުރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ހާލަންޑަށް ނުކުޅެވޭނެކަން ޔަގީން ވެފަ އެވެ.

"އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ނޫން، އެކަމަކު އޭނާ އަށް ވަރަށް ވޭން ބޮޑު ވަރަށް ތަދުވާތީ އުޅެނީ. ސްކޮޓްލެންޑާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ،" ހާލަންޑްގެ އަނިޔާއާ ބެހޭގޮތުން ނޯވޭގެ ޓީމުގެ ޑޮކްޓަރު އޮލާ ސޭންޑް ބުންޏެވެ.

ނޯވޭގެ ކޯޗު ސްޓޭލް ސޮލްބަކެން ބުނީ ހާލަންޑަށް ނުކުޅެވުނަސް ބަދަލުގައި އެހެން ކުޅުންތެރިޔަކު ސްކޮޑަށް ނުގެންނާނެ ކަމަށެވެ. ސްކޮޓްލެންޑާ ދެކޮޅަށް ނޯވޭ ކުޅޭ މެޗު އޮންނާނީ މިރޭގަ އެވެ.