Roadha Mihaaru
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް

ހާލަންޑަށް ހުރެވުނީ ބަލަން، ގަވީ ސްޕެއިން ގޮވައިގެން ޔޫރޯ އަށް

16 އޮކްޓޯބަރ 2023

އޮސްލޯ (އޮކްޓޫބަރު 16) - ފާއިތުވި ސީޒަންގެ ޔޫރަޕްގެ ރަން ބޫޓާއި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އާލިން ހާލަންޑްގެ ނޯވޭއާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު ޔޫރޯ ކޮލިފައިން މެޗުގައި ގަވީ ޖަހައި ދިން ގޯލުން 1-0 އިން މޮޅުވެ، އަންނަ އަހަރުގެ ޔޫރޯ މުބާރާތުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޮސްލޯ (އޮކްޓޫބަރު 16) - ފާއިތުވި ސީޒަންގެ ޔޫރަޕްގެ ރަން ބޫޓާއި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އާލިން ހާލަންޑްގެ ނޯވޭއާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު ޔޫރޯ ކޮލިފައިން މެޗުގައި ގަވީ ޖަހައި ދިން ގޯލުން 1-0 އިން މޮޅުވެ، އަންނަ އަހަރުގެ ޔޫރޯ މުބާރާތުން ޖާގަ ހޯދައިފި އެވެ.

ނޯވޭ ކޮޅަށް ޖެހި ގޯލަކީ 19 އަހަރުގެ މިޑްފީލްޑަރު ގަވީ، ގައުމީ ޓީމަށް ކުޅެދިން 25 މެޗުން ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

އެންމެ ފަހުން ނޯވޭ، ބޮޑު މުބާރާތެއްގައި ވާދަ ކޮށްފައި ވަނީ 2000 ވަނަ އަހަރެވެ. އެއަހަރުގެ ޔޫރޯ މުބާރާތުގައި ނޯވޭ އިން ވާދަކުރިއިރު، އެއީ ޔޫރޯގައި މިހާތަނަށް ނޯވޭ ވާދަކުރި ހަމައެކަނި އަހަރުވެސް މެއެވެ.

ނޯވޭ ބަލިވުމުން، ކޮލިފައިންގެ ގުރޫޕް އޭ އިން ސްޕެއިން އާއެކު ޔޫރޯގެ ޖާގަ ޔަގީން ކުރީ ސްކޮޓްލެންޑެވެ. ސްކޮޓްލެންޑަށް ވެސް ވަނީ ސްޕެއިން އެކޭ އެއްގޮތަށް، ކޮލިފައިންގެ ބާކީ ދެ މެޗު އޮއްވައި 15 ޕޮއިންޓް ހޯދައިފަ އެވެ.

އެ ގުރޫޕްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔަކީ ހާލަންޑެވެ. ސްކޮޓްލެންޑުގެ ސްކޮޓް މެކްޓޮމިނޭ ވެސް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ހަ ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ސްޕެއިންއާ ދެކޮޅަށް ހާލަންޑް ވަނީ ފުލްކޮށް ކުޅެފަ އެވެ.

ސްޕެއިންއާ ދެކޮޅަށް ރޭ ނޯވޭ ކުޅުނު މެޗުގައި ހާލަންޑް ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: މެންޗެސްޓާ ސިޓީ

ސްޕެއިންއާ ދެކޮޅަށް ރޭ ނޯވޭ ކުޅުނު މެޗުގައި ހާލަންޑް ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: މެންޗެސްޓާ ސިޓީ

ކޮލިފައިން ގުރޫޕްގައި ނޯވޭއަށް ބާކީ އެއް މެޗު އޮތްއިރު، އެޓީމު ތިންވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ގުރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެޓީމަށް ގެއްލިފައި ވިއަސް، ގުރޫޕްގެ ތިންވަނަ ޔަގީން ކޮށްގެން، މުބާރާތަށް ކޮލިފައިވާ އެންމެ ފަހު ތިން ޓީމު ހޮވަން ބާއްވާ ޕްލޭއޮފްގެ ފުރުސަތު ނޯވޭއަށް އަދި ނުގެއްލެ އެވެ.

ކޮލިފައިން ގުރޫޕް ޑީގައި ހިމެނޭ ތުރުކީ ވެސް ވަނީ ރޭ ލެތުވިއާ ބަލިކޮށްގެން އަންނަ އަހަރުގެ ޔޫރޯ މުބާރާތުގެ ޖާގަ ޔަގީން ކޮށްފަ އެވެ. ތުރުކީން ލެތުވިއާ ބަލިކުރީ 4-0 އިންނެވެ.

މި ގުރޫޕްގެ ދެވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ކްރޮއޭޝިއާ ބަލިކުރި ވޭލްސް އެވެ. ވޭލްސްގެ ދެ ގޯލު ވެސް ޖަހައިދިނީ ފުލަމް އަށް ކުޅެމުން އަންނަ ވިންގާ ހެރީ ވިލްސަން އެވެ. އޭނާ ދެ ގޯލު ޖަހައިދީފައި ވަނިކޮށް ކްރޮއޭޝިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ އެޓަލާންޓާއަށް ކުޅޭ މާރިއޯ ޕަސަލިޗެވެ.

ގުރޫޕްގެ ދެވަނައިގައި އޮތް ވޭލްސް އާއި ތިންވަނައިގައި އޮތް ކްރޮއޭޝިއާ ވެސް ވަނީ ބާކީ ދެ މެޗު އޮއްވައި، މިހާތަނަށް ކުޅުނު ހަ މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ތުރުކީ އެއްވަނައިގައި އޮތީ ހަތް މެޗުން ހޯދި 16 ޕޮއިންޓާ އެކު އެވެ. މިދިޔަ ހަފްތާ ތުރުކީން ވަނީ ކްރޮއޭޝިއާގެ އަމިއްލަ ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށްފަ އެވެ.