ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
20 ނޮވެމްބަރ 2023
ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ، މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ. ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ ބައްދަލުވުމުގައި، އެ ހުރިހާ ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އޭނާ އަޑުއެއްސެވި އެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ޕްރިންސިޕަލުންނާ ވާހަކަ ދައްކަވަމުން އިސްމާއިލް ވަނީ، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު އަނެއްކާ ވެސް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ.
އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު "މިހާރު" އަށް ވިދާޅުވީ އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފެށުމަކީ ގޮންޖެހުންތައް ބޮޑުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. ފައިނޭންޝަލް އަހަރުގެ ފަހުކޮޅު ސްކޫލުތައް ހުޅުވުމުގެ ސަބަބުން އެ ތަންތަނަށް ބޭނުންވާ މަރާމާތު ވެސް ނުކުރެވުމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރު އަމިއްލައަށް ވިދާޅުވީ ވެސް ދިރާސީ އާ އަހަރު ޖެނުއަރީ އަށް ބަދަލުކުރައްވާނެ ކަމަށް. މަސައްކަތް ކުރައްވާނަމެކޭ ނޫން، [އެކަން] ކުރައްވާނެ ކަމަށް ހަމަ ވިދާޅުވީ،" ނަން ނުޖެހުން އެދި ވާހަކަ ދެއްކެވި ޕްރިންސިޕަލް ވިދާޅުވި އެވެ.
އެހެން ޕްރިންސިޕަލަކު ވިދާޅުވީ ކުރީގައި ވެސް އޮތް ގޮތަށް، ޖެނުއަރީ މަހަށް ދިރާސީ އާ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން، އެ ތަނުގައި ގިނަ ޕްރިންސިޕަލުން އަތްތިލަ ބަޑި ޖެއްސެވި ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޭނުންވެފައި ތިބި ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރު މީގެ ކުރިން ބަދަލުކޮށްފައިވަނީ، ކުދިންގެ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ.
ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހަތެއްގައި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް