Roadha Mihaaru
އެއް ފަހަރާ އެންމެ ގިނަ މުދާ ގެނައުމުގެ ރެކޯޑް ލިލީ

އެއް ފަހަރާ އެންމެ ގިނަ މުދާ ގެނައުމުގެ ރެކޯޑް ލިލީން ދަމަހައްޓައިފި

11 ޖޫން 2016

އެއް ބޯޓަކުން 776 ކޮންޓެއިނަރުގެ މުދާ އެތެރެކޮށް، އެއް ފަހަރާ އެންމެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ އެތެރެކުރުމުގެ ރެކޯޑް ލިލީ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން އަނެއްކާ ވެސް މުގުރާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެއް ބޯޓަކުން 776 ކޮންޓެއިނަރުގެ މުދާ އެތެރެކޮށް، އެއް ފަހަރާ އެންމެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ އެތެރެކުރުމުގެ ރެކޯޑް ލިލީ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން އަނެއްކާ ވެސް މުގުރާލައިފި އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވަނީ 700 ކޮންޓެއިނަރުގެ މުދާ އެއް ބޯޓުން އެތެރެކޮށްފަ އެވެ. މީގެ ކުރިން އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކުރީ އެ ފަހަރު އެވެ.

އެއް ފަހަރާ އެންމެ ގިނަ ކޮންޓެއިނަރު އެތެރެކުރި ބޯޓު މާލޭ ބަނދަރުގައި. --ފޮޓޯ: ލިލީ ޝިޕިން

އެއް ފަހަރާ އެންމެ ގިނަ ކޮންޓެއިނަރު އެތެރެކުރި ބޯޓު މާލޭ ބަނދަރުގައި. --ފޮޓޯ: ލިލީ ޝިޕިން

ލިލީ ޝިޕިންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދަ އަށް ބޭނުންވާ ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި އެނޫން ވެސް ސާމާނު ހިމެނޭ 776 ކޮންޓެއިނަރުގެ މުދާ ހިފައިގެން ކޮލަމްބޯ މަގުން އިއްޔެ މާލެ އައީ "އެމްވީ ވެގަ ކައްޕާ" ކަމަށެވެ.

"މިފަހަރު ވެސް ރެކޯޑް ހަދަން ޖެހުނީ ރޯދައާ ދިމާކޮށް ވަރަށް ގިނަ ކާބޯތަކެއްޗާއި އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ގެންނަން ޖެހުމުން،" ލިލީ

"މިހާތަނަށް ވެސް އެންމެ ގިނަ މުދާ އެތެރެކުރުމުގެ ރެކޯޑް އޮތީ އަޅުގަނޑުމެންގެ އަތުގައި. މިފަހަރު ވެސް ރެކޯޑް ހަދަން ޖެހުނީ ރޯދައާ ދިމާކޮށް ވަރަށް ގިނަ ކާބޯތަކެއްޗާއި އެކި އެކި މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ގެންނަން ޖެހުމުން. މީގެ ތެރޭގައި އަޅުގަނޑުމެންގެ މުދާ ވެސް ހުންނާނެ،" ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯސޭލްގެ ވިޔަފާރިކުރާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓުން ގެނައި މުދަލުގެ ތެރޭގައި ގިނައީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އެތެރެކުރި މުދާ ކަމަށެވެ.

އެއް ފަަހަރާ އެންމެ ގިނަ ކޮންޓެއިނަރުގެ މުދާ ހިފައިގެން މާލެ އައި ލިލީ ޝިޕިންގެ ބޯޓު މާލޭ ބަނދަރުގައި. --ފޮޓޯ: ލިލީ ޝިޕިން

އެއް ފަަހަރާ އެންމެ ގިނަ ކޮންޓެއިނަރުގެ މުދާ ހިފައިގެން މާލެ އައި ލިލީ ޝިޕިންގެ ބޯޓު މާލޭ ބަނދަރުގައި. --ފޮޓޯ: ލިލީ ޝިޕިން

"ޔޫރަޕުންނާއި އެފްރިކާ އަދި އޭޝިއާގެ ބައެއް ގައުމުތަކުން ކޮލަމްބޯއާ ހަމައަށް ގެނެސްފައި ހުރި ޓްރާންޝިޕްމަންޓް ކޮންޓެއިނަރުތައް އަޅުގަނޑުމެން މާލެ ގެނެސްދިނީ. އަޅުގަނޑުމެންނަކީ ކޮލަމްބޯ އިން މާލެ އަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ކުންފުނި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓުން ގެނައި މުދާ ހުސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.