Roadha Mihaaru
ޔޫރޯއަށް އިންގްލެންޑުން ހޯދަނީ ގޮލްފް ކުޅެވޭނެ ހޮޓަލެއް

ޔޫރޯ އަށް އިންގްލެންޑުން ހޯދަނީ ގޮލްފް ކުޅެވޭނެ ފަސް ތަރީގެ ހޮޓަލެއް

28 ނޮވެމްބަރ 2023

ލަންޑަން (ނޮވެމްބަރު 28) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯގައި ވާދަކުރާ އިންގްލެންޑްގެ ޓީމުން ގޮލްފް ކުޅެވޭނެ ފަސްތަރީގެ ހޮޓަލެއް ބްކް ކުރަން ހަމަޖައްސައިފި އެވެ.

ލަންޑަން (ނޮވެމްބަރު 28) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯގައި ވާދަކުރާ އިންގްލެންޑްގެ ޓީމުން ގޮލްފް ކުޅެވޭނެ ފަސްތަރީގެ ހޮޓަލެއް ބްކް ކުރަން ހަމަޖައްސައިފި އެވެ.

އިންގްލެންޑްގެ ޓީމުން ބަލަމުންދަނީ، ރިސޯޓް ހޮޓަލެކެވެ. ޖަރުމަނުގެ ބްލެންކެންހޭން އަވަށާ ކައިރީގައި އޮންނަ ހޮޓަލެއް ކަމަށްވާ ގޮލްފް ރިސޯޓް ވެއިމަރާ ލޭންޑް ކިޔާ ހޮޓަލެއްގެ ވަސީލަތްތައް އިންގްލެންޑުން ވަނީ ބަލާފަ އެވެ. އެ ތަން ހުންނަނީ ލައިޕްޒިގްގެ ހުޅަނގުގަ އެވެ. އެއީ 18 ވަޅު ދެ ގޮލްފްކޯޒާކައި ނުވަ ވަޅުގެ ކޯޒެއް ހިމެނޭ ހޮޓަލެކެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ އޭނާގެ ކުޅުންތެރިންނަށް އެންމެ އެކަށޭނެ ވަސީލަތްތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބޭނުން ވަނީ ރިމޯޓް ބޭސްކޮށް ތައްޔާރުކޮށްފައިވާ ހޮޓަލެކެވެ. އޭރުން އޭނާގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެމީހުން އާއިލާތަކަށް ވެސް ޕްރައިވެސީ ލިބިގެން އުޅެވޭނެ އެވެ.

އިންގްލެންޑްގެ އެފްއޭއިން ވަނީ ޖަރުމަނުގައި އެ ފެންވަރުގެ ވަސީލަތްތައް ހުރި ގިނަ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ފެންވަރު ބަލާފަ އެވެ.

ވެއިމަރާ ލޭންޑް އަކީ މައި ސިޓީއާ އެކަހެރިކޮށް ހުރި ހޮޓަލެކެވެ. މި ހޮޓަލުން، އެންމެ ކައިރީގައި އޮތް މައި ސިޓީ އާފާޓް ސިޓީ އަށް ދުއްވާފައި 40 މިނެޓުން ދެވެ އެވެ. އަންނަ އަހަރުގެ ޖޫން މަހުގެ 14 ގައި ފަށާ މުބާރާތުގައި އިންގްލެންޑް ސްކޮޑުގެ މައި ބޭސްއަކަށް ވާނީ އެތަން ކަމަށް ބެލެވެ އެވެ.

އެކަމަކު މުބާރާތުގެ އެކި އިންތިޒާމުތައް ބެލުމަށް، ޔޫއެފާގެ އޮފިޝަލުން 100 އަށް ވުރެ ގިނަ ތަންތަނަށް ޒިޔާރްކޮށް ޔުއެފާއިން އެކުލަވާލި ހޮޓެލް ޝޯޓްލިސްޓުގައި ވެއިމަރާ ލޭންޑް ހިމެނިފައެއް ނުވެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ހެމްބާގްގައި މުބާރާތުގެ ގުރުއަތުން އޮންނާނެ އެވެ. އެންމެ ފަހުގެ މުބާރާތް އިންގްލެންޑް ބަލިކޮށް ހޯދި އިޓަލީއާ އެކު ކޮލިފައިންގެ ގުރޫޕް ސީގައި ވާދަކޮށް އެއްވަނައިގައި އިންގްލެންޑް ވަނީ ޔޫރޯ އަށް ކޮލިފައި ވެފަ އެވެ.