އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން މަރުވި އިރު 4.6 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އޮތްކަން ހާމަވެއްޖެ އެވެ.
16 ޖެނުއަރީ 2025
އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން މަރުވި އިރު 4.6 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އޮތްކަން ހާމަވެއްޖެ އެވެ.
އުމުރުން 76 އަހަރުގައި، މިދިޔަ އޯގަސްޓް މަހު ކެންސަރު ބަލީގައި މަރުވި ސްވިޑެންގެ ކޯޗުގެ މިލްކިއްޔާތުގައި އަގުހުރި މުދާތަކެއް ހުއްޓެވެ. އެކަމަކު އެ އެއްޗެހި ވިއްކައިގެން ވެސް ދަރަނި އަދާކުރެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެރިކްސަންގެ ގިނަ ދަރަނިތަކަކީ ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ އެވެ. އެރިކްސަން އަކީ އިނގިރޭސި ގައުމީ ޓީމުގައި މަސަކަތް ކުރި ފުރަތަމަ ބިދޭސީ ކޯޗެވެ. އޭނާ ވަނީ 2001-2006 އަށް އިނގިރޭސި ގައުމީ ޓީމުގައި ކޯޗުކަން ކޮށްފަ އެވެ.
އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ފައިނޭންސްގެ ގޮތުގައި އޭނާގެ އަތުން 10 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
އެރިކްސަން އެންމެ ބޮޑަށް ވިދާލީ އިޓަލީގެ ލާޒިއޯގަ އެވެ. އޭނާ ވަނީ އެ ޓީމަށް 1999 ގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދީފަ އެވެ. އެ ފަހަރު އެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަކީ މިހާރުގެ މަޝްހޫރު ކޯޗުންނެވެ. އޭގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑުގެ ޑިއޭގޯ ސިމިއޯނީ އާއި އިންޓަ މިލާނުގެ ސިމޯނީ އިންޒާގީ އަދި އޭސީ މިލާނުގެ ސާޖިއޯ ކޮންސިސާއޯ ހިމެނެ އެވެ.
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ދަރިއަކު ލިބޭތީ ގައުމީ ޓީމު ދޫކޮށް ފޮޑެން ރަށަށް
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ޔޫރޯއަށް އިންގްލެންޑުން ހޯދަނީ ގޮލްފް ކުޅެވޭނެ ހޮޓަލެއް
އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން މަރުވެއްޖެ
ބެލިންހަމްގެ މުހިންމުކަން އިންގްލެންޑަށް ބޮޑު ވަނީ