ފަލަސްތީނުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދުކޮށް، އެއްބާރުލުންދިނުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
29 ނޮވެމްބަރ 2023
ފަލަސްތީނުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދުކޮށް، އެއްބާރުލުންދިނުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އެމަނިކުފާނު މިހާރު ތުރުކީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ މަޖިލިސް، ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑރ. ނޫމާން ކުރްތުލުމުސް އާއި މަޖިލީހުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވަމުންނެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން ފަލަސްތީނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް، އެ ބައްދަލުވުމުގައި ރައީސް ދެެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކަށް ތުރުކީ ވުމާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ވެސް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގެ ރައީސް އާއި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް ވެސް ރައީސް އެ ބައްދަލުވުމުގައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮތް ގައުމަކަށް ވިޔަސް، ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ބޮޑު ސަރަހައްދަކަށް އެތުރިފައި އޮތް ގައުމެއް ކަމަށެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީ ވެސް މުހިންމު ހިސާބެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި ދުރާއިގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާ އެކު ވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުން ކަމަށާއި ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ: ރައީސް
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
އައިސީސީގެ ނިންމުމަކީ ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
ފަލަސްތީން ކޮންފަރެންސަށް ރައީސް ސައޫދީ އަށް
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"