ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިން ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި ގައިޑްލައިނަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
29 ނޮވެމްބަރ 2023
ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިން ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި ގައިޑްލައިނަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
އެމްކިއުއޭއިން މިދިޔަ އަހަރު ހެދި ގަވާއިދެއްގެ ދަށުން ކަނޑައެޅި ގައިޑްލައިނެއްގައި ބައެއް ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވޭނެ ކަމަށް ކަނޑައެޅި އެވެ. އެ ގަވާއިދުގެ އެ ބައި ބާތިލްކުރަން މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅި އެވެ. އަދި މައްސަލަ ނިމެންދެން ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް އެ ގައިޑްލައިންގައި އޮތް ބަޔަށް އަމަލުކުރުން ފަސް ކުރަން ހައި ކޯޓުން އަމުރުކުރި އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔަވަން އެދޭ ދަރިވަރުންނަށް ފުރުސަތު ގެއްލި، މަންދު ކޮލެޖަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަމަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވާތީ ވަގުތީ އަމުރެއް ނެރުމަކީ އެ ދަރިވަރުންގެ މަސްލަހަތުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ވަގުތީ އަމުރު ނުނެރެފިނަމަ މަންދު ކޮލެޖަށް ލިބޭނެ ގެއްލުން އަންދާޒާ ނުކުރެވޭއިރު، އެ އަމުރު ނެރުނަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުން ގޮތެއް ނިމެންދެން އެ ވަގުތީ އަމުރު ދަމަހައްޓަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ހެދި ގައިޑްލައިންގެ ދަށުން ޓީޗިންގެ އިތުރުން ޑޮކްޓަރު ކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ކޯސްތައް ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ.
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ޕީއެޗްޑީ ގަބޫލުކުރަން ކުރި ހުކުމް ސުޕްރީމްކޯޓުން ބާތިލް
އޮންލައިން ޓީޗިން ކޯސް ހިންގޭ އަމުރު އިސްތިއުނާފަށް
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ހުއްދަނުދޭ ކޯހެއް ބޭރު ގައުމެއްގައި ހިންގި މައްސަލައެއް
ޔާމީންގެ މައްސަލަ: އާ ހެކިތަކުގެ ބައި ހުކުމާ ހަމައަށް
"ފަނޑިޔާރުން ނަމޫނާ އަހްލާގެއް ގެންގުޅެންޖެހޭ"
އެސައިންމަންޓް ވިއްކާ ލަންކާ މީހަކު ނުހުއްޓުވިފައި
ވަގު ސެޓްފިކެޓްތަކުގެ ތަހުގީގު ލަސްވާތީ ކަންބޮޑުވުން!
އެމްކިއުއޭގެ ލިޔުން އެޓެސްޓްކުރެވޭނީ އެތަނަށް އެކަނި