20 އޮކްޓޯބަރ 2024
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފް ކުރަން އެމްކިއުއޭއިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފް ކުރަން އެމްކިއުއޭއިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ފިލިޕިންސްގެ ކޮލެޖެއް ކަމަށްވާ، އެލްޑާސްގޭޓްގެ ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ 2016 ގައި އެ ކޯސް އެމްކިއުއޭ އިން ގަބޫލު ކުރާކަން އެންގުމުންނެވެ. އަދި 2018 ގައި އެ ކޯސް ގަބޫލުކުރުން އެމްކިއުއޭ އިން ހުއްޓާލިޔަސް، އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލު ކުރާނެ ކަން އެންގި އެވެ.
އެކަމަކު އެ މީހުން ކިޔަވާ ނިންމުމަށްފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެކަމަށް އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ. އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ހުކުމްކުރީ އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
އެމްކިއުއޭއިން އެ މައްސަލަ އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
އެމްކިއުއޭ އިން އެ މީހުންގެ ސެޓްފިކެޓް ގަބޫލު ނުކުރަން ނިންމިޔަސް، ދައުލަތުން ވެސް ހައި ކޯޓުގައި ވަނީ އެ މީހުންގެ ސެޓްފިކެޓް ބަލައިގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
އޮންލައިންކޮށް ޓީޗިން ކިޔެވޭގޮތަށް ނެރުނުއަމުރު ރަނގަޅު
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި
"ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާން"
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން