Roadha Mihaaru
ހެލްތުގެ ފަންނީ މުވައްޒަފުންގެ ވަގުތު 8-4 އަށް

މުސާރަ ބޮޑުކުރުމުން ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ވަގުތު 8-4 އަށް އިތުރުކޮށްފި

30 ނޮވެމްބަރ 2023

ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އާ "ޕޭ ފްރޭމްވޯކް" އަށް ބަދަލުވެފައިވާ ހުރިހާ މުވައްޒަފުން ވެސް ޑިސެމްބަރު 1 އިން ފެށިގެން މަސައްކަތްކުރާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އެކަމަކު، ސަރުކާރުގެ ރަސްމީ ގަޑިއަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެއީ މިހާރު ވެސް އޮންނަ ގޮތަށް ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.

މިދިޔަ މެއި 1 ވަނަ ދުވަހު ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި، ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުކުރަން އެ މިނިސްޓްރީ ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ މަޝްވަރާ ކުރުމެއް ނެތި އެވެ. މިއީ، އެ މިނިސްޓްރީއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެ އެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އަދި ސީއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.