Roadha Mihaaru
އީސީ މެންބަރުންގެ މުސާރަ ބޮޑުނުވާތީ ކަންބޮޑުވުން!

15 އަހަރުވީއިރު އީސީ މެންބަރުންގެ މުސާރަ ބޮޑުނުވާތީ ކަންބޮޑުވުން!

30 ނޮވެމްބަރ 2023

އިލެކްޝަންސް ކޮމިޝަނަށް 15 އަހަރުވި އިރު ވެސް އެ ކޮމިޝަނުގެ މެމްބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިލެކްޝަންސް ކޮމިޝަނަށް 15 އަހަރުވި އިރު ވެސް އެ ކޮމިޝަނުގެ މެމްބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

އެ ކޮމިޓީގައި އީސީގެ މެމްބަރު އަލީ ނަޝާތު ވިދާޅުވީ، ބައެއް ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ވުރެ މެންބަރުންގެ މުސާރަ ކުޑަ ކަމަށެވެ.

އީސީގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 40،000 ރުފިޔާ އެވެ.

އޭނާ ވިދާޅުވީ އެކި ފަހަރުމަތިން މި ކަންބޮޑުވުން ބަޖެޓު ކޮމިޓީއާ ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އިދާރީ މުވައްޒަފުންގެ މުސާރައަށް މިހާރު އެކަށީގެންވާ ހައްލެއް ލިބިފައިވާ ކަމަށެވެ.

"އިދާރީ މުވައްޒަފުންގެ މުސާރައަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ. ހައްލު ލިބިގެން އައިރު މިވާ ގޮތަކީ އަޅުގަނޑުމެން [މެންބަރުން] ޑިރެކްޓަރުންގެ ފެންވަރަށް ވުރެ މުސާރަ ކުޑަ،" އޭނާ ވިދާޅުވި އެވެ.

ތިން އަހަރުވީ ލޯކަލް ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން ލާމަރުކަޒީ ކޮމިޓީން ދިން ލަފާ ފާހަގަކުރައްވައި ނަޝާތު ވަނީ އެކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އެފަދަ ވިސްނުމެއް ގެންގުޅުއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށެވެ.