މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ހިޔާލަށް ހުޅުވާލައްވައިފި އެވެ.
01 ޑިސެމްބަރ 2023
މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ހިޔާލަށް ހުޅުވާލައްވައިފި އެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ގައުމެއް ކަމަށްވެފައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނައިރު މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ހިޔާލު އެނގިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.
"މިހެން މިދެންނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަހުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެ މީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތަށް ބަދަލު ކުރުމަށް ނިންމަވާފައި ނުވާ ކަމަށާއި ނަމަވެސް އެއީ ހަމައެކަނި ރައްޔިތުންގެ ހިޔާލެއް ހޯދާލުމު މަގުސަދުގައި ކުރެއްވި ޕޯސްޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގައި 97،164 ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން 32,470 މީހުން ދިރިއުޅެނީ މާލޭގަ އެވެ.
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދަރިވަރުންނަށް ދެނީ
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
ހުޅުމާލޭ ވަގްފް އިމާރާތުގެ މަސައްކަތް އާރްސީސީއަށް
ވަގުފް އިމާރާތްތައް ތަރައްގީކުރަން ބީއެމްއެލުން އެހީވަނީ
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
ވަގުފް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވައިފި
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.