އޮކްޓޫބަރު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 91 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
03 ޑިސެމްބަރ 2023
އޮކްޓޫބަރު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 91 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
މިއީ މި އަހަރުގެ މިހާތަނަށް ރިޒާވް އެންމެ ބޮޑަށް ދަށްވި މަހެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރު މަހު ރިޒާވް ހުރީ، 126 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރު ރިޒާވް އެންމެ މަތީގައި ހުރީ ޖެނުއަރީ މަހު އެވެ. އެ މަހު ޔޫޒަބަލް ރިޒާވު ހުރީ 254 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ އެ މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހުގެ ޔޫޒަބަލް ރިޒާވް ވަނީ 64 ޕަސެންޓް ދަށްވެފަ އެވެ.
ރިޒާވް އެހާ ބޮޑަށް ދަށްވެފައި ވަނީ ދައުލަތުން ތެލަށް ކުރާ ހޭދަ ބޮޑުވުމާ ގުޅިގެންނެވެ. މި އަހަރު ރިޒާވުން ތެލުގެ ހަރަދުތައް ހަމަޖައްސަން 800 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޔޫޒަބަލް ރިޒާވް ހުރީ 105 މިލިއަން ޑޮލަރުގަ އެވެ.
ޔޫޒަބަލް ރިޒާވްގެ އިތުރުން ރަސްމީ ރިޒާވް ވެސް މި އަހަރު އެންމެ ބޮޑަށް ދަށްވީ، އޮކްޓޫބަރު މަހު އެވެ. ރަސްމީ ރިޒާވުގައި ހުރީ 552 މިލިއަން ޑޮލަރެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް ވުރެ 238 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
ވޯލްޑް ބޭންކުން ވެސް ބުނީ މި އަހަރަކީ ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރު ކަމަށެވެ. ރިޒާވްގެ މައްސަލަ ހައްލު ކުރުމަށް ބަޖެޓު ޑެފިސިޓް ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅައި، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ވަނީ އެދިފަ އެވެ.
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި 62 މިލިއަން
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
ބިރު ކަނޑާލައިފައި ޑޮލަރު ހައްލު ކުރުމުގެ ވަގުތު!
އަންނަ އަހަރުގެ ރިޒާވް 863 މިލިއަން ޑޮލަރަށް
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ޑޮލަރު މާރުކުރާ ދެގޮތުން ވެސް ނަތީޖާ އެއްގޮތް: ރައީސް
ފޮރެކްސް ބިލް:ޑޮލަރު މާރުކުރުމުގައި ދެ އޮޕްޝަނެއް ދެނީ
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ