ދައުލަތުގެ ރަސްމީ ރިޒާވް ހަ ޕަސެންޓަށް އިތުރުވެއްޖެ އެވެ.
17 އޮކްޓޯބަރ 2025
ދައުލަތުގެ ރަސްމީ ރިޒާވް ހަ ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 976 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 927 މިލިއަން ޑޮލަރުގަ އެވެ. މިއީ 49 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހަށް ފަހު މިހާތަނަށް ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ.
އޭޕްރީލް މަހު ރިޒާވްގައި ހުރީ 999 މިލިއަން ޑޮލަރެވެ. ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ކަމަށް ރެކޯޑުކުރެވިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަހު ރިޒާވްގައި ހުރީ 858 މިލިއަން ރުފިޔާ އެވެ.
ރަސްމީ ރިޒާވް އިތުރުވި އިރު، ރިޒާވުގެ ތެރޭގައި ހިމަނާ "އަދަ ފޮރިން ކަރެންސީ އެސެޓް" ވަނީ 0.5 ޕަސެންޓަށް ދަށްވެފަ އެވެ. އެއީ 116 މިލިއަން ޑޮލަރެވެ.
މިދިޔަ މަހުގެ ޔޫޒަބަލް ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެ. މިވަގުތު ޔޫޒަބަލް ރިޒާވްގައި 194 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ރާއްޖޭގެ ރިޒާވުން މިހާރު އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ދަރަނި އަދާކުރުމަށެވެ. މިދިޔަ މަހު ވަނީ ސުކޫކުގެ ކޫޕަން ރޭޓު ދެއްކުމަށް 50 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ.
ޖުލައި މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. އަދި ތެލާއި ބޭހުގެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުން ކޮށްފައިވެ އެވެ.
ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުން ކުރަން ވެސް އެމްއެމްއޭ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކަރެންސީ ސްވޮޕްގެ އިތުރުން ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ.
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ޔޫޒަބަލް ރިޒާވް 200 މިލިއަން ޑޮލަރަށް ވެއްޓިއްޖެ
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރަސްމީ ރިޒާވް އިތުރު، ބޭނުންކުރާ ރިޒާވް ބަދަލެއް ނުވޭ