Roadha Mihaaru
10 ވަނަ ބައްޔާއެކު ޓެން ހަގަށް އިތުބާރު ގެއްލިއްޖެ

10 ވަނަ ބައްޔާ އެކު ޓެން ހަގަށް ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެ

05 ޑިސެމްބަރ 2023

މެންޗެސްޓާ (ޑިސެމްބަރު 5) - ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިމަތިވި 10 ވަނަ ބައްޔާ އެކު، އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގަށް ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

މެންޗެސްޓާ (ޑިސެމްބަރު 5) - ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިމަތިވި 10 ވަނަ ބައްޔާ އެކު، އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގަށް ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މެޗުގެ ނާކަމިޔާބަށް ފަހު ސީނިއާ ސްކޮޑްގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިން، ޓެން ހަގްގެ ޕްލޭނާ މެދު މާޔޫސްވެފައިވާ ކަމަށް އީއެސްޕީއެން ޔޫކޭ އިން ބުންޏެވެ.

ޓެން ހަގާއި އޭނާގެ ކޯޗިން ސްޓާފުންނަށް އެއްބާރުލުންދީ އެ މީހުންގެ ފަހަތުގައި ވެސް ގިނަ އަދަދެއްގެ ކުޅުންތެރިން އެބަތިއްބެވެ. ނަމަވެސް މިހާރު އެ ޓީމު އޮތް ފޯމަށް އަވެސް ކުރިއެރުމެއް ނުލިބިއްޖެ ނަމަ ޑްރެސިން ރޫމްގެ އެތެރޭގެ އިތުރު ކުޅުންތެރިންގެ މޫޑް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ކްލަބުގެ ތެރޭގައި ހުރި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޗެލްސީ، ބެޔާން މިއުނިކް އަދި ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑުން މުހިއްމު މެޗުތަކެއް ކުރިމަތިލާނެ އެވެ. އެ މެޗުތަކުގައި ޔުނައިޓެޑަށް ދެރަ ނަތީޖާތަކެއް ލިބިއްޖެނަމަ، ކުޅުންތެރިންގެ މެދުގައި ކަންބޮޑުވުން އިތުރުވާނެ ކަމަށް ވެސް އިނގިރޭސި މީޑީއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އިން ބައެއް ކުޅުންތެރިން ފާޅުކުރަމުންދާ މައްސަލަތަކުގެ ތެރޭގައި އެމެރިކާގެ ޕްރީސީޒަން ދަތުރަށް ފަހު ވެސް ޓެން ހެގްގެ ވަރުގަދަ ޓްރެއިނިން ސެޝަންތަކުގެ ސަބަބުން ގޭމްގެ ޓެކްޓިކް ހާމަކޮށްފައިވާ ކަމަށެވެ. ޓެންހަގް އެކުލާވާލާ ޓެކްޓިކްސްތަކުގައި ޓީމު މާ ބޮޑަށް ހާވިއާ ވެފައިވާ ކަމަށް ކުޅުންތެރިން ފާހަގަ ކުރި ކަމަށް ޔުނައިޓެޑްގެ އެތެރޭގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި އެހެން މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޓެން ހަގް އަމިއްލަ އަށް ވެސް ބައެއް މައްސަލަތައް ފިނި ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ މީީޑއާތަކުން ބުންޏެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ފިނިވި މަންޒަރެއް އަދި ފާހަގަ ވެފައި ނުވަ ކަމށް ވެސް މީޑިއާތަކުގައި ވެއެވެ.