ތަރައްގީގެ އެކި މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
05 ޑިސެމްބަރ 2023
ތަރައްގީގެ އެކި މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް މިހާރު ވެސް ރަށްރަށުގައި އިހުތިސާސް ތެރޭގައި ހިމެނެ އެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިހްތިސާސް ތެރެއަށް ރަށްރަށް ހިމަނާފައިވެ އެވެ.
ނަަމަވެސް، އެ ތަންތަނުގެ ބޭނުމެއް ގިނަ ކައުންސިލްތަކަކުން ހިފަމުން ނުދާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، ކައުންސިލްތައް އިތުރަށް ބާރުވެރިކުރުމަށް ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭންއާ އެއްގޮތަށް ތަރައްގީ މަޝްރޫއުތައް ހިންގުމަށް ވަކި ރަށަކަށް ހާއްސަކޮށް ޕްރޮޕޯސަލްތައް ހުށަހަޅަން ކައުންސިލްތަކަށް ހުޅުވާލާނެ ކަމަށާއި އެއާ އެގޮތަށް ކައުންސިލްތަކަށް އެ ރަށްތައް ދޫކުރަމުންދާނެ ކަމަށެވެ.
ނަމަވެސް، އެގޮތަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް، ވަކި ރަށަކަށް ހާއްސަކުރާނީ އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ތާއިދާއި ރުހުން ހޯދަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރާނީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ވަރަށް ގިނަ ތަރައްގީގެ ފުރުސަތުތައް ރަށްރަށަށް ލިބިގެންދާނެ ކަމަށެވެ. އަދި އިގްތިސޯދީ ނަފާ ރަށްރަށަށް ލިބި، ވަޒީފާގެ ފުރުސަތުތައް ވެސް ގިނަވެ ރަށްރަށް ބާރުވެރިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
އެންމެ މުހިންމީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުން
"ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެކަން ސާފުވޭ"
ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަން އަންގައިފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ދަތްދޮޅީގެ ވާހަކަ އަށް މާފަށް އެދިއްޖެ
ގޭބިސީތަކަށް ކާޑު ބަހަން ހޮނިހިރު ދުވަހު ފަށަނީ