ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން އިތުރު ތިން އިދާރާ އުފައްދަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
11 ޑިސެމްބަރ 2023
ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން އިތުރު ތިން އިދާރާ އުފައްދަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ގައުމީ ޗާޕުހާނާ ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މި ތިން އިދާރާ ވެސް ހިންގާނީ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ އިލްމެއް އުފަންކޮށް، އިޔާދަކޮށް ދެމެހެއްޓުން ކަމަށެވެ. ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ބޭނުންވާ އިލްމީ މައުލޫމާތުތައް އެއްކުރުމާއި ދިރާސާކޮށް އިލްމީ ލިޔުންތައް އެކުލަވާލުމާއި ދިރާސާތައް ޝާއިއުކުރުމާއި ގައުމިއްޔަތުގެ އިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ގައުމިއްޔަތުގެ އިލްމަށް ހޭލުންތެރިކުރުވުން ވެސް އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން އިލްމީ ގާބިލު ބަޔަކު އުފެއްދުން ކަމަށާއި ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި އަދި ދިވެހި އަމިއްލަވަންތަކަމުގެ އިލްމީ ގާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ގައުމީ ޗާޕުހާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުން ކަމަށެވެ.
ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ދަށުން މިހާރު ވެސް ދެ އިދާރާއެއް ހިންގަ އެވެ. އެއީ ދިވެހިބަހުގެ އެކަޑަމީ އާއި ނޭޝަނަލް ސެންޓަ ފޯ ކަލްޗުރަލް ހެރިޓޭޖެވެ.
ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ.
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް
"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތް