18 ޑިސެމްބަރ 2023
ސަރުކާރުން ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ޓްރެކް ރެކޯޑު ކިލަނބު އެއް ކުންފުންޏަކަށް މަގު ހަދާ ކުންފުނި ވާނެ އެވެ. އެ ކުންފުނީގެ ނަން ވޭތުވެދިޔަ ސަރުކާރުތަކުން ބަދަލު ކުރަމުން އައިސް މިހާރު ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ނަމުގައި ހިންގި ނަމަވެސް، ކޮރަޕްޝަނުގެ ތުހުމަތުތަކާއި ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ފޯރުވާ ކުންފުންޏެއްގެ "ޓެގް" ނައްޓައެއް ނުލެވުނެވެ. އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީ އެވެ. އޭނާ ބޭނުންވަނީ އެ ކުންފުންޏާ މެދު މީހުންގެ އިތުބާރު އުފައްދައި، އަވަހަށް މަސައްކަތްތައް ނިންމާ ކުންފުންޏަކަށް ބަދަލުކުރުމެވެ.
ސަރުކާރުން ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ޓްރެކް ރެކޯޑު ކިލަނބު އެއް ކުންފުންޏަކަށް މަގު ހަދާ ކުންފުނި ވާނެ އެވެ. އެ ކުންފުނީގެ ނަން ވޭތުވެދިޔަ ސަރުކާރުތަކުން ބަދަލު ކުރަމުން އައިސް މިހާރު ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ނަމުގައި ހިންގި ނަމަވެސް، ކޮރަޕްޝަނުގެ ތުހުމަތުތަކާއި ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ފޯރުވާ ކުންފުންޏެއްގެ "ޓެގް" ނައްޓައެއް ނުލެވުނެވެ. އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީ އެވެ. އޭނާ ބޭނުންވަނީ އެ ކުންފުންޏާ މެދު މީހުންގެ އިތުބާރު އުފައްދައި، އަވަހަށް މަސައްކަތްތައް ނިންމާ ކުންފުންޏަކަށް ބަދަލުކުރުމެވެ.
އެކަމަކު މިއީ ފަސޭހަ ކަމެއް ނޫން ނަމަވެސް، އޭނާ ވިދާޅުވީ، އެކަން ހާސިލުކުރައްވާނެ ކަމަށެވެ.
ޒުހައިރު ވިދާޅުވީ، ކުންފުނީގެ ދަރަނި އެހާ ބޮޑުވެ، ގުޑާ ނުލެވޭ ވަރުވީ، މިދިޔަ ހަތަރު މަހު ކުންފުނީގެ ހުރިހާ މަސައްކަތެއް ހުއްޓިފައި އޮތުމުން ކަމަށެވެ. އެހެންވެ، އެކުންފުންޏަށް ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާތަކެއް ނުލިބުނެވެ. މިސް މެނޭޖްކުރުމުގެ ސަބަބުން ކުންފުނި ވަރަށް ބޮޑަށް ރިޕޯމްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިމިދިޔަ ހަތަރު މަހު ކުންފުނި އޮތީ މަސައްކަތެއް ނުހިނގާ. އެހެންވުމުގެ ސަބަބުން މަސައްކަތްތައް ކުރަން ޖެހޭ ސައިޓުތަކުގައި ދިޔައީ މަސައްކަތްތައް ނުކުރެވި،" އޭނާ ވިދާޅުވި އެވެ.
މަގު ހެދުމުގެ މަސައްކަތުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މަސައްކަތް ނުކޮށް މުވައްޒަފުން ތިބެން ޖެހުނު ސަބަބު ބަލައި، ކުންފުނި ހަމަ މަގަށް އެޅުމަށްޓަކައި ޕާފޯމަންސް އެސެސްމެންޓެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރެވެން އޮތީ، މިހާރު ފުލުހުން އެކުންފުންޏާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލައަށް ހިފެހެއްޓިފައި ހުރި ޑޮކިއުމެންޓްތައް ރިލީޒް ކުރުމުންނެވެ.
އެކުންފުނިން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ނުލިބި ހުރުމުން އަލުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ބޮޑެތި ދަތިތައް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އެބަހުރި 60 މިލިއަން ރުފިޔާ ވެސް އެއް ކުންފުންޏަކަށް ދައްކަން. އޭގެވެސް ޓޯޓަލް ވެލިއު އެނގޭނީ ހުރިހާ ޑޮކިިއުމެންޓް އަޅުގަނޑުމެންނަށް ލިބިގެން. މިވަގުތު ފެންނަން ހުރި ހިސާބުތަކުން އެނގޭ ވަރު އެއީ.
ކުންފުނީގެ ކަންކަން ރަނގަޅު ނިޒާމެއްގެ ތެރެއިން ހިންގާފައި ނުވުމުން މާލީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓި، ސަރުކާރަށް ވަރަށް ބޮޑަށް އޮތީ ބަރޯސާވާން ޖެހިފަ އެވެ. މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓުގައި ވެސް އެކުންފުންޏަށް 60 މިލިއަން ރުފިޔާ ކަނޑައަޅަން ޖެހުނީ، މުވައްޒަފުންގެ މުސާރަ ދިނުމާއި މުހިއްމު ބިލްތައް ދެއްކޭނެ އިތުރު ގޮތެއް ހޯދުމަށެވެ.
"އަލުން އަނބުރާ ކުންފުނި ގެނައުމަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި. ކުންފުނިތައް އެބައުޅޭ ދަރާފައި ވަރަށް ބޮޑު އަދަދުތަކެއް. މި ކުންފުނީގެ 200 މިލިއަން ރުފިޔާގެ ދަރަންޏެއް އެބަ އުޅޭ،" ޒުހައިރު ވިދާޅުވި އެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު "މިހާރު" އާ ވާހަކަ ދައްކަވަނީ. އެކުންފުނިން އެއް ކުންފުންޏަކަށް 60 މިލިއަން ދޭން އެބައޮތް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާރުޑީސީން ފައިސާ ދައްކަން ޖެހޭ ކުންފުނިތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މެޓީރިއަލް ސަޕްލައި ކުރާ ކުންފުނިތަކާއި ދަތުރުފަތުރު ކުރުމުގެ ހިދުމަތް ދޭ ކުންފުނިތައް ވެސް ހިމެނެ އެވެ.
ސަޕްލަޔަރުންނަށް އެހާ ބޮޑަށް ހޭދަކުރަން ޖެހެނީ އެކުންފުނީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ބޭނުންވާ އެސެޓުތައް ނެތުމުންނެވެ. އެހެންވެ، ހަވާލު ކުރާ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ހެވީ ވެހިކަލްތައް ޖެހެނީ ކުއްޔަށް ނަގާށެވެ. އެކުންފުނީގެ މަސައްކަތް 17 ރަށެއްގައި ހިންގަނީ ކުއްޔަށް ގިނަ ވެހިކަލްތަކެއް ނަގައިގެންނެވެ. އެކަމަށް މަހެއްގެ މައްޗަށް 13 މިލިއަން ރުފިޔާ ވަރު ހަރަދު ކުރަން ޖެހެ އެވެ.
އޭނާ ވިދާޅުވީ، ސަޕްލަޔަރުންނަށް ދައްކަން ޖެހި ނުދެއްކި، އެއް އަހަރު ވެފައިވާ ބިލްތައް ވެސް އެބަހުރި ކަމަށެވެ.
"މިހާރު އެބަހުރި 60 މިލިއަން ރުފިޔާ ވެސް އެއް ކުންފުންޏަކަށް ދައްކަން. އޭގެވެސް ޓޯޓަލް ވެލިއު އެނގޭނީ ހުރިހާ ޑޮކިިއުމެންޓް އަޅުގަނޑުމެންނަށް ލިބިގެން. މިވަގުތު ފެންނަން ހުރި ހިސާބުތަކުން އެނގޭ ވަރު އެއީ،" އޭނާ ވިދާޅުވި އެވެ
އާ މެނޭޖްމެންޓުން އަންނަނީ އެކުންފުނީގެ ދުވަސްވެފައި ހުރި ދަރަނި އަދާކުރުމަށް އިސްކަން ދީގެން، އެކަމަށް ޕްލޭނެއް ރާވަމުންނެވެ. އެކަން ކުރުމަށް ލޯނެއް ހޯދޭނެ ގޮތް ބަލަމުން އަންނަ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް އެކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރާނެ މަގެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ނުލިބުނު ތާނގައި ކުންފުނި މިވަގުތު ހިންގަމުން އަންނަނީ މިވަގުތަށް ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރު މުވައްޒަފުންނާ އެކު އެވެ. މިއީ އާ މެނޭޖިން ޑިރެކްޓަރު ޒުހައިރު ވެސް އެއްބަސްވެ ވަޑައިގެންނެވި ކަމެކެވެ. އޭނާ ވިދާޅުވީ، މުވައްޒަފުން އިތުރުވި ނަމަވެސް، އެއްވެސް މުވައްޒަފެއް ކަނޑާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އެ މުވައްޒަފުންނަށް ކުރެވޭނެ އިތުރު ކަންކަން ކުންފުނިން ފަށައި މުވައްޒަފުން އެހެން ދިމާތަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ކުންފުނި އޯވަ ސްޓާފު. އެހެންވެ އެހާ ބޮޑު ބުރައެއް އުފުލަން ޖެހެނީ. އެހެން ނަމަވެސް މުސްތަގުބަލުގައި ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބަލާ އިރު އޯވަ ސްޓާފު ނުވާނެ ކަމަށް އުންމީދު މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ، ކުންފުނީގައި 1،800 މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 1،200 މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން ކަމަށެވެ. މިއަދަދަކީ މިއަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ ގާތްގަނޑަކަށް 500 މުވައްޒަފުން އިތުރު އަދަދެކެވެ. ޕީސީބީން އާންމުކޮށްފައިވާ ކުއާޓަލީ ރެކޯޑުގައިވާ ގޮތުން އެކުންފުނީގައި މިއަހަރުގެ ފުރަތަމަ ތިން މަހާ ހަމައަށް ތިބީ 1،300 މުވައްޒަފުންނެވެ. މިއީ ބީއެމްއެލް އާއި އެމްޑަބްލިއުއެސްސީ އާއި މޯލްޑިވިއަން ފަދަ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަށްވުރެ ވެސް ގިނަ އަދަދެކެވެ.
އަމީނީ މަގުގައި އާރްޑީސީގެ މުވައްޒަފަކު މަސައްކަތުގައި. އެކުންފުނީގައި މިވަގުތު 1،800 މުވައްޒަފުން މަސައްކަތް ކުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެކުންފުނީގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި ތިބީ 600 މުވައްޒަފުންނެވެ. އެކަމަކު އެކުންފުންޏަކީ އެއަށް ވުރެ މާ މަދު މުވައްޒަފުން ތިބެގެން ވެސް ހިންގޭނެ ކުންފުންޏެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އާ ސަރުކާރުގެ ވައުދުތަކާ އެކު އެކުންފުންޏަށް ލިބޭނެ ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށެވެ. އެހެންވެ، ކުންފުނި ރީ-ސްޓްރަކްޗާ ކުރާނީ އާ ޕްރޮޖެކްޓްތަކަށް މުވައްޒަފުން ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީސީބީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާވީ އެއް މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ 12 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހާ ބޮޑަށް ކުންފުނީގެ ފައިދާ ދަށަށް ދިޔައީ އެ މުއްދަތުގައި ކުންފުނީގެ އާމްދަނީ ދަށްވުމުންނެވެ.
ޒުހައިރު ވިދާޅުވީ، މިއަހަރު އެކުންފުނި ނިންމާލާނީ ގެއްލުމުގައި ކަމަށެވެ. އަދަދުތައް ކަށަވަރު ވާނީ އަހަރު ނިމުމުންނެވެ. އެކުންފުނީގެ މާލީ ހާލަތުގެ މިސްރާބު ދެނެ ގަތުމަށްޓަކާ ހާއްސަ އޮޑިޓެއް ހެދުމަށް ވެސް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ކުންފުނީގެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތަށް އެންމެ މުހިއްމު ކަމަކީ ހިނގަމުންދާ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާރްޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި. އެކުންފުނިން އަންނަނީ 17 ރަށެއްގައި ޕްރޮޖެކްޓްތައް ހިންގަމުން -- ފޮޓޯ: ފަޔާޒް މޫސާ މިހާރު
އެކުންފުންޏަށް ސަރުކާރުން 37 މަޝްރޫއުއެއް ހަވާލުކޮށްފައިވާ އިރު ޕްރޮޖެކްޓްތައް ފަށާފައިވަނީ 17 ރަށެއްގަ އެވެ. އެރަށްތަކުގެ ތެރެއިން 80 ޕަސެންޓު މަސައްކަތް ނިމިފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އޭނާ ޒުހައިރު ވިދާޅުވި އެވެ.
ޕްރޮޖެކްޓްތައް އަަވަސް ކުރުމުގެ އިތުރުން އާމްދަނީ ހޯދޭނެ އިތުރު ކަންކަން ފެށުމަށް ވެސް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޒުހައިރު ވިދާޅުވީ، ގާ އެޅުމަކީ އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް ވިޔަފާރި ކަމަށާއި، އެކަން އަލުން ފަށާނެ ކަމަށެވެ. މިއީ އެކުންފުނިން ކުރިން ވެސް ކުރި މަސައްކަތެކެވެ. އެހެން ނަމަވެސް އެކަން ވެސް އޮތީ ހުއްޓިފަ އެވެ. މިދިޔަ އަހަރުތަކުގައި މަގު ހެދުމަށް ބޭނުންވާ ގާ ގެނެސްފައިވަނީ ބޭރުންނެވެ. އެއީ ވެސް ކުންފުންޏަށް އިތުރު ހަރަދެކެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު "މިހާރު" އާ ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ، ކުންފުނީގެ ކޭޝް ފްލޯ ހަމަޖައްސަން އާމްދަނީ ހޯދަން އިތުރު ގޮތްތައް ބޭނުންވާ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ކޭޝް ފްލޯ މެނޭޖްކުރެވޭނެ ގޮތަކަށް ދާއިމީކޮށް ޕްރޮޑަކްޓެއް އުފައްދައިގެން އެއިން ވިޔަފާރިކޮށްގެން އާމްދަނީ ލިބޭނެ މެކޭނިޒަމެއް ފެށުން،" އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ، ގާ އެޅުމުގެ މަސައްކަތް ފުޅާކޮށް، ބޭރުގެ ގައުމުތަކަށް ވެސް އެކުންފުނީގެ ގާ ވިއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕްރޮޑަކްޝަން ލައިނެއް ފަށައިގެން ކުންފުނި އަމިއްލައަށް ހިނގާ ކުންފުންޏަކަށް ބަދަލު ކުރެވޭނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާގެ އަމާޒަކީ ފެށުނީއްސުރެ ގެއްލުމުގައި، ބަރުހެލި ކަމުގައި ހިންގަމުން ދާ އެކުންފުނި، ފައިދާވާނެ ކުންފުންޏަކަށް ބަދަލު ކުރުމެވެ. އެކަން ކުރާނީ ވިޔަފާރިގެ މޮޑެލް ބަދަލުކޮށް، އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްގެންނެވެ. މިއަހަރު ވެސް އެކުންފުންޏަށް އޮތީ ގެއްލުމެކެވެ. އެހެންވެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ހިންދަމާލެވޭނެ ވަރަށް ކުންފުނި ފުޅާ ކުރުމެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް
ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އަށް
ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުން އާރުޑީސީއަށް
ވިލިމާލޭގެ މަގު ހެދުމަށް ސާވޭ ހަދަން އާރުޑީސީއަށް
މަސައްކަތް ހުއްޓުނު 17 ރަށެއްގެ މަގު ހަދަން ފަށައިފި
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
ޕެޓީ ކޭޝް: ވައްކަމަށް އާ ނަމެއް؟
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި