Roadha Mihaaru
ނުކުޅެދޭ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ

17 ޑިސެމްބަރ 2023

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަލަށް އެކުލަވައިލާ އުސޫލުގައި ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ބަޔާން ކުރާނެ އެވެ.

މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެކެވެ.

ކެބިނެޓްގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އެހެން ބައެއް ވަޒީރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.

ކެބިނެޓްގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އެހެން ބައެއް ވަޒީރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.

އާ އުސޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި ޑިސްއެބިލިޓީ ސެންސިޓައިޒިން ތަމްރީން ބޭއްވުން ފަދަ ކަންކަން ހިމަނާފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވި ގޮތުގައި ސަރުކާރު އޮފީސްތައް ހިންގާ އިމާރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހަ ތަންތަނަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

ސަރުކާރުން ކުރިމަގުގައި އިމާރާތްތައް ހަދާނީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސް ވުމުގައި ފަސޭހަވާނެ އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 މީހަކު ދަފުތަރު ކޮށްފައި ވެ އެވެ.