ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް މިނިސްޓަރުން އެއްބާރުލުން ނުދެއްވައި، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.
07 އޯގަސްޓް 2025
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް މިނިސްޓަރުން އެއްބާރުލުން ނުދެއްވައި، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި، ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލު ކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް މިނިސްޓަރުން ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް ސިޓީގައި ވެ އެވެ.
ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމާއި އެ މަގާމުތަކުން އެ ބޭފުޅުން ވަކިކުރެއްވުމާއި މިނިސްޓަރުންނާ މެދު ފިޔަވަޅު އެޅުމަކީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށް ވީހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅުއްވާ މިނިސްޓަރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސްގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް ސިޓީގައި ބުންޏެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް މިނިސްޓަރުންނަށް އަންގަވައި، ގާނޫނުއަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރު ކުރެއްވުމަށް މެންބަރުން ރައީސް މުއިއްޒުގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.
އިދިކޮޅު މެންބަރުން މިނިސްޓަރުންނަށް ލިޔުމުންނާއި އަނގަ ބަހުން ގިނަ ސުވާލުތައް ފޮނުވާއިރު، އެ ސުވާލުތަކަށް މުއްދަތުގައި ޖަވާބު ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ. ބައެއް މިނިސްޓަރުން މި ފަހުން އެކި އުޒުރު ދެއްކެވުމަށް ފަހު މަޖިލީހަށް ހާޒިރުވެފައެއް ވެސް ނުވެ އެވެ.
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން
ވަޒީރުން ވައްކަން ކުރަން ފުރުސަތެއް ނުދޭނަން: ޣަފޫރު
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވަނީ
މިނިސްޓަރު ޝަހީމްގެ ރައްދާ އެކު، މަޖިލިސް ހޫނުވެއްޖެ
ނާޒިމް ރިޔާސަތަށް ގެންނަން މަސައްކަތް ކުރަނީ
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް