ބައެއް ވިޔަފާރިތަކުގެ ކޮންޓްރެއިނަރުތައް ބަނދަރުގައި ކްލިއާނުކޮށް ސައިޓްތަކަށް ގެންދިޔުމަށް ފަހު، އެތަނަށް ކަސްޓަމްސްގެ އޮފިސަރުން ފޮނުވައިގެން ކްލިއަރެންސް ނިންމާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
20 ޑިސެމްބަރ 2023
ބައެއް ވިޔަފާރިތަކުގެ ކޮންޓްރެއިނަރުތައް ބަނދަރުގައި ކްލިއާނުކޮށް ސައިޓްތަކަށް ގެންދިޔުމަށް ފަހު، އެތަނަށް ކަސްޓަމްސްގެ އޮފިސަރުން ފޮނުވައިގެން ކްލިއަރެންސް ނިންމާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާތައް އެމްޕީއެލްގެ ސައިޓްގައި ކްލިއާކުރުމުގެ ބަދަލުގައި އޭގައި ތަޅެއް އެޅުވުމަށްފަހު ނެރެން ނިންމައިފައިވާ ކަމަށެވެ.
"ތަޅެއް އަޅުވާފައި އަޅުގަނޑުމެން ކޮންޓެއިނަރު މި ފޮނުވާލަނީ އެ ބޭފުޅުންގެ ސައިޓަށް. ދެން އެ ބޭފުޅުންގެ އޯން ޓައިމްގައި އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސްގެ އޮފިސަރެއް އެ ޗެކްކުރަން،" މާނިއު ވިދާޅުވި އެވެ.
"އޭރަށް މިވާ ގޮތަކީ ޖާގައިގެ ދަތިކަން އަބަދުވެސް ދިމާވެފައި މި އޮންނަނީ. އެހެންވީމަ އެމްޕީއެލް ކްލިއާ ވެގެންދާނެ ވަރަށް އަވަހަށް. ކުދި ވިޔަފާރިވެރިންނަށް ފުރުސަތު ލިބޭ އަވަހަށް ކްލިއާ ކުރަން. އޭރަށް ޗާޖްތައް ވެސް ކުޑަވެ އެފިޝަންޓްވާނެ."
ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އިސްމާއީލް ހަމްދޫން ވިދާޅުވީ މިގޮތަށް ކުރިއާލައި ކޮންޓެއިނަރުތައް ނެރުމުގެ ފުރުސަތު ދޭނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސައްހަ ލިޔުންތަކާ އެކު، އޮންނަ އުސޫލުގެ ތެރެއިން އަމަލުކޮށްފައިވާ ވިޔަފާރިތަކަށް ކަމަށެވެ. ވަރަށް ގިނަ ވިޔަފާރިވެރިންނަކީ ސައްހަ ލިޔުންތައް ހުށަހަޅައިގެން ކަސްޓްމްސް އިން މުދާ ކްލިއާކުރާ މީހުން ކަމަށާއި އެމީހުން ހުންނާނީ ކަސްޓްމްސްގެ ތެރޭގައި ލިސްޓުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ވަރަށް ގިނަ ރިސޯޓްތަކަށް ވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓެއިނާ އުފުލާ ބޯޓެއް: ބޮޑެތި ވިޔަފާރިތަކުގެ ކޮންޓެއިނާތައް ސައިޓަށް ގެންގޮސް ކްލިއާކުރަން ފަށަން ވަނީ ނިންމައިފައި
އޭގެއިތުރުން މާނިއު ވިދާޅުވީ މުދާ ކްލިއާކުރުން ފަދަ ހިދުމަތްތަކަށް ކަސްޓަމްސްއަށް ހުށަހެޅުން އެއްކޮށް ޑިޖިޓަލްކުރަން ނިންމައިފައިވާ ކަމަށާއި އެއީ ކޮރަޕްޝަން ފަދަ ކަންކަމަށް ފުރުސަތު ހަނިކުރަން ކަމަށެވެ.
"ޑިޖިޓަލް ކުރީމަ މިވާ ގޮތަކީ އެ ކަސްޓަމްސް އޮފިސަރާއި ޖެނަރަލް ޕަބްލިކާ ދިމައެއް ނުވާނެ. ރޯންގް ޑްއިންއާ އެއްޗެހި އަސްލު މި އަންނަނީ އެ ހިދުމަތް ދޭ ފަރާތާއި މަސައްކަތް ހަވާލުކުރާ ބަޔަކު ދިމާވީމާ. ދެން ނޯންނާނެ ވަކި ބައެއްގެ އެއްޗެހި ކުރިން ކްލިއާ ކުރުމެއް، ވަކި ބައެއްގެ އެއްޗެހި ފަހުން ކްލިއާ ކުރުމެއް،" މާނިއު ވިދާޅުވި އެވެ.
"ސެކިއުރިޓީ ވަރުގަދަކުރަން ފިޔަވަޅުތައް ފަށައިފިން"
ދެ ކޮންޓެއިނަރު ދޫކުރަން އަމަލުކުރީ އުސޫލާ އެއްގޮތަށް
ބަލިކަށި މަގަތުފާލަމަކާ ހެދި ބޮޑު ރިސްކެއްގައި!
ހާލަތު ބަލަން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް
ސްކޭން ކުރަން ފެށުމުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ފަހުން ހައްޔަރުކުރީ ވައްކަމަށް އެހީވި މުވައްޒަފުން