28 ޑިސެމްބަރ 2023
އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް މިއަދު އަންގައިފި އެވެ.
އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް މިއަދު އަންގައިފި އެވެ.
އަންނަ މަހު 31 ގައި ބާއްވަން ތައްޔާރު ވަމުންދާ، އިންތިހާބު ފަސް ކުރަން ސްޕޯޓްސް ކޮމިޝަނާ ތޮލާލް އެންގެވީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކަމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު، އެ ކޮމިޓީގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.
ކޮމިޝަނާގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ އެކްސްކޯ އިން މިފަހުން އިސްތިއުފާ ދިން ތިން މެންބަރުން އިސްތިއުފާ ދިން ތާރީހާއި އެފްއޭއެމްގެ އިންތިހާބު އިއުލާން ކުރި ތާރީހާ މެދު ސުވާލު އުފެފޭ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެފްއޭއެމްގެ ފަސް މެންބަރުން އިސްތިއުފާ ދީފައި ވުމުން، އިންތިހާބު އިއުލާން ކުރި ތާރީހުގައި ވެސް ބައްސާމްގެ އެގްޒެކެޓިވް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަން ސްޕޯޓްސް ކޮމިޝަނާގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މި މަހު އެފްއޭއެމް އެކްސްކޯ އިން އިސްތިއުފާ ދިން، ޓީސީގެ އަހްމަދު ނަޝީދު (ޓީސީ ޑޭވް) އާއި މުހައްމަދު ޝަފީއު އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އިސްތިއުފާ ދީފައިވާ ސިޓީގައި ވާގޮތުން، އެ ތިން މެންބަރުން އިސްތިއުފާ ދީފައި ވަނީ މި މަހު 15 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށް ކޮމިޝަނާގެ ބަޔާނުގައި ވެ އެވެ. އަދި އޭގެ ކުރިން އިސްތިއުފާ ދިން، މުާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު އިސްތިއުފާ ދީފައި ވަނީ 16 ސެޕްޓެމްބަރު އަދި އޮކްޓޯބަރު ފަހެއްގައިކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އެކަމަކު ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދިން ފަހުން، އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު އެގްޒެކެޓިވް ކޮމިޓީ އަށް އައްޔަން ކުރުމަށް، އެ ކޮމިޓީން ނިންމިކަން އެފްއޭއެމުގެ ރައީސް ބައްސާމް ވަނީ އިއުލާން ކޮށްފަ އެވެ.
އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން، އެ އެސޯސިއޭޝަނުގެ އެކްސްކޯ އިން ނިންމާފައިވާކަން، މި މަހު 17 ވަނަ ދުވަހު އެފްއޭއެމުން ވަނީ އަންގައިފަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން ފަސް ކަމެއްގެ ތަފުސީލު ހޯދަން ސްޕޯޓްސް ކޮމިޝަނާ އެދުމުން ވެސް އެ މައުލޫމާތު އެފްއޭއެމުން ދީފައި ނުވާކަން ވެސް، އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނާ އަމުރު ކުރި އެންގުމުގައި ވެއެވެ.
އެކަންކަން ފާހަގަކޮށް، ސްޕޯޓްސް ކޮމިޝަނާގެ ބަޔާނުގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ކަންތައްތައް އިތުރަށް ކުރިއަށް ގެންދިއުމަށް، ފީފާ އާއި އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީއާ އެކު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނާ އަންގާފައިވާ ކަމަށެވެ.
އިންތިހާބާގުޅޭ ތަފުސީލު އެފްއޭއެމުން ކޮމިޝަނަރަށް ނުދިން
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އިންޒާރަކަށް ނުސިހުނު، އެފްއޭއެމް ފިތްކަނޑުވާލައިފި
އެފްއޭއެމް އިންތިހާބާ ގުޅޭ ތަފުސީލު ފޮނުވަން އަންގައިފި
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ބުރަވަނީ އިންތިހާބުގެ ކުރިން ގަވާއިދު އިސްލާހު ކުރަން
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ