Roadha Mihaaru
ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯއާއި ސިފައިން ކުރީގައި

ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯ އާއި ސިފައިން ކުރީގައި

01 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ ލީގު 2023ގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ޓޭބަލްގެ އެންމެ ކުރީގައި އޮތް ކްލަބް ވެމްކޯ އާއި ދިވެހި ސިފައިންގެ ކްލަބް މިއަދު ބައްދަލުކުރާނެ އެވެ.

ގައުމީ ވޮލީބޯޅަ ލީގު 2023ގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ޓޭބަލްގެ އެންމެ ކުރީގައި އޮތް ކްލަބް ވެމްކޯ އާއި ދިވެހި ސިފައިންގެ ކްލަބް މިއަދު ބައްދަލުކުރާނެ އެވެ.

ޖުމްލަ ހަ ޓީމު ވާދަކުރާ މުބާރާތުގައި، 2022 ވަނަ އަހަރު ތިންވަނައިގައި ނިންމި ވެމްކޯ ވަނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗުތައް ކާމިޔާބު ކޮށްފަ އެވެ.

ސިފައިންނަކީ 2022 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. އެޓީމުން ވަނީ މިހާރު ކުރިއަށްދާ މުބާރާތުގައި ކްލަބް އާބަންކޯ އާއި ސްޕޯޓްސް ކްލަބް ސިޓީއާ ކުޅުނު މެޗު ވެސް 3-1 ސެޓުން ކާމިޔާބު ކޮށްފަ އެވެ.

ގައުމީ ލީގުގައި ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ސިޓީ ސްޕޯޓްސް ކްލަބާއި ހަތަރިވަނަ ހޯދި ޕޮލިސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ޑިސެމްބަރު މަހު ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ސިޓީ ސްޕޯޓްސް ކްލަބުން، ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފައި ވާއިރު، އާބަންކޯ ވަނީ ސީދާ ތިން ސެޓުން ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ސިޓީ ސްޕޯޓްސް ކްލަބާއި އާބަންކޯ އަކީ ވެސް އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން ކުޅެމުން އަންނަ ދެ ޓީމެވެ.

ވެމްކޯ އާއި ސިފައިން ބައްދަލުކުރާ މެޗު އޮންނާނީ މިއަދު މެންދުރު 2:15 ގަ އެވެ. އަދި ހަވީރު 4:15 ގައި ވެމްކޯ އާއި ޕޮލިސް ބައްދަލުކުރާނެ އެވެ.

ގައުމީ މުބާރާތް އަންހެން ޑިވިޝަން: ސެމީގައި ބާކީ އޮތީ އެންމެ ޖާގައެއް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

އެޓީމުން ވަނީ ރޭ ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބު ކޮށްފަ އެވެ. ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ވެސް ބަލިކުރީ 3-1 ސެޓުންނެވެ. ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔަކީ އެޓީމުގެ އާމިނަތު ޝަހާ ޝާމިން އެވެ.

ގުރޫޕް ބީގައި ހިމެނޭ އަސްދިގާ ސްޕޯޓްސް ކްލަބް ވަނީ އިއްޔެ ހަވީރު ޕޮލިސް ކްލަބް އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް އަތުން ވެސް ބަލިވީ ސެޓެއް ނުލިބި އެވެ.

މިއާ އެކު ގުރޫޕް ބީގެ އަލްމާ އާއި ޕޮލިހަށް ވެސް ވަނީ ސެމީގެ ފުރުސަތު ޔަގީން ވެފަ އެވެ. ސެމީގެ ފަހު ފުރުސަތަށް ވާދަކުރަނީ ގުރޫޕް އޭގެ ވެމްކޯ އާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އެވެ.