Roadha Mihaaru
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި

25 މިލިއަން ފަސިންޖަރުންނާ ހަމައަށް ވެލާނާ އެއާޕޯޓް މަޝްރޫއު ފުޅާކޮށްފި

04 ޖެނުއަރީ 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއު އެތައް ގުނައެއް ފުޅާކޮށް، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އިފުތިތާހުކޮށްދެއްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއު އެތައް ގުނައެއް ފުޅާކޮށް، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އިފުތިތާހުކޮށްދެއްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ ވަނީ 2016 ވަނަ އަހަރު އެވެ. އެއީ ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ފެށި މަޝްރޫއު އެކެވެ.

އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ދިގުލައިގެން ގޮސްފައިވާތީ އެ މަޝްރޫއު އަވަހަކަށް ނިންމުމަކީ އާ ރައީސް ޑރ. މުއިއްޒުގެ މައިގަނޑު އެއް އަމާޒެވެ.

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވެލާނާ އެއާޕޯޓުން 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް އެ މަޝްރޫއު ފުޅާކޮށްފައިވާ ކަމަށެވެ.

މިރޭ ބޭއްވި ހަފްލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފިޔާޒް މޫސާ | މިހާރު

މިރޭ ބޭއްވި ހަފްލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފިޔާޒް މޫސާ | މިހާރު

މިހާރު ކުރިއަށް ގެންދާ ފުރަތަމަ ފިޔަވަހީގެ ދަށުން ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭ އިރު، ކުރިއަށް އޮތް 20 އަހަރުގެ ޕްލޭންގެ ދަށުން އެ އަދަދު ގާތްގަނޑަކަށް ތިން ގުނަ އަށް 25 މިލިއަނަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރުން ގަޑިއަކު 4،000 ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން، އޭނާ ވިދާޅުވި ގޮތުގައި ޑޮމެސްޓިކް ޓާމިނަލުން ހިދުމަތްދޭ ފަސިންޖަރުންގެ އަދަދު 2،000 އަށް އިތުރުވެގެންދާނެ އެވެ.

ފަސިންޖަރުންގެ ޖާގައިގެ އިތުރުން، އެއާޕޯޓުގައި ފިއުލް ފާމް ވެސް 45 ލީޓަރުން 100 ލީޓަރާ ހަމައަށް މި މަޝްރޫއުގެ ދަށުން އިތުރުވެގެންދާނެ ކަން އޭނާ ހާމަކުރެއްވި އެވެ. އަދި ކާގޯ ޓާމިނަލް 100،000 މެޓްރިކް ޓަނުން 300،000 މެޓްރިކް ޓަނަށް އިތުރު ކުރުމާއި މަތިންދާބޯޓު ޕާކުރެވޭނަ ޖާގަ 34 އިން 73 އަށް އިތުރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

މި މަޝްރޫއުގެ ސަބަބުން، ޝަރީފް ވިދާޅުވީ އެމްއޭސީއެލްގައި 1،000 އަށް ވުރެ ވަޒީފާގެ ފުރުސަތު ވެސް އިތުރުވެގެންދާނެ ކަމަށެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށް ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާ އެކު އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމާއި ކ. ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުން ހިމެނޭނެ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފޮނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކަށް ބަދަލުކޮށް، އެ ރަށާއި މާލެ ބްރިޖަކުން ގުޅާލުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.