Roadha Mihaaru
އިދިކޮޅު ޓީމާ މެދު ވެސް އަންޗެލޮޓީ ހިތްހަމަ ޖެހިފައި

ސްޕެނިޝް ކަޕްގައި ރެއާލް މޮޅުވެއްޖެ، އިދިކޮޅު ޓީމުގެ ކުޅުމާ މެދު ވެސް އަންޗެލޮޓީ ހިތަހަމަ ޖެހިފައި

07 ޖެނުއަރީ 2024

އަރަންޑާ ޑި ޑުއޭރޯ (ޖެނުއަރީ 7) - ސްޕެނިޝް ކަޕް/ ކޮޕަ ޑެލް ރޭ ގައި ރޭ ރެއާލް މެޑްރިޑުން 3-1 ގެ ނަތީޖާއަކުން ހަތަރުވަނަ ޑިވިޝަންގެ އަރަންޑީނާ އަތުން މޮޅުވި މެޗުގައި އިދިކޮޅު ޓީމުގެ ފަރާތުން ފެނުނު ވާދަވެރިކަމާ ގުޅިގެން، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

އަރަންޑާ ޑި ޑުއޭރޯ (ޖެނުއަރީ 7) - ސްޕެނިޝް ކަޕް/ ކޮޕަ ޑެލް ރޭ ގައި ރޭ ރެއާލް މެޑްރިޑުން 3-1 ގެ ނަތީޖާއަކުން ހަތަރުވަނަ ޑިވިޝަންގެ އަރަންޑީނާ އަތުން މޮޅުވި މެޗުގައި އިދިކޮޅު ޓީމުގެ ފަރާތުން ފެނުނު ވާދަވެރިކަމާ ގުޅިގެން، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ސްޓޭޑިއަމްތަކާ އަޅާބަލާއިރު ފެންވަރުގެ ގޮތުން ދަށް ދަނޑެއްގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ފެނުނު ހަތަރު ގޯލު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގަ އެވެ.

ފޯވާޑް ހޮސޭލޫ ޕެނަލްޓީއަކުން 54 ވަނަ މިނިޓުގައި ރެއާލަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ މިނިޓެއް ފަހުން ލީޑު ފުޅާކުރި ގޯލު ޖަހައިދިނީ ބްރަހީމް ޑިއާޒް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯ އެވެ.

ރެއާލުން ރޭގެ މެޗުގައި ލީޑު ނެގި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.--

ރެއާލުން ރޭގެ މެޗުގައި ލީޑު ނެގި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.--

ރެއާލުން ތިން ގޯލު ޖަހާފައި ވަނިކޮށް އަރަންޑީނާ ސުން ކަނޑުވާލީ، ރެއާލްގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

"އަހަރެމެން މެޗުން މޮޅުވާކަށް މާ އުނދަގުލެއް ނުވި، މޮޅުވާން އަހަރެމެން އައީ ވެސް. މިއީ އިދިކޮޅު ޓީމު އުފާކޮށްލަން އެންމެ ރަނގަޅު ރެއެއް، ރެއާލް މި ކުޅުނީ އެމީހުންގެ ހޯމް ސްޓޭޑިއަމްގައި،" ޖުމްލަ 9،500 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

"އަރަންޑީނާ އެ މީހުންނަށް ކުޅެވޭ އެންމެ މޮޅަށް ކުޅެފި. އެމީހުން ވަރަށް އޯގަނައިޒް ފުޓްބޯލައެއް ކުޅުނީ، ހަގީގަތުގައި ފުރަތަމަ ހާފުގައި އަހަރެމެންނަށް އުނދަގޫވި. ދެވަނަ ހާފުގައި އަހަރެމެންނަށް ފަސޭހަވީ އެމީހުންގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށީމަ."

އަންޗެލޮޓީ ވަނީ ރެއާލާ ދެކޮޅަށް އަރަންޑީނާ ގެ ކުޅުން ރާވާލާފައި އޮތް ގޮތުން އެޓީމުގެ ކޯޗު، އަލެކްސް އިޒްކުއާޑޯ އަށް ވެސް ތައުރީފް ކޮށްފަ އެވެ.

"އެޓީމު ރާވާލާފައި އޮތީ، އަހަރެން އެޓީމު ކޯޗަކަށް ހުރި ނަމަވެސް ރާވާލާނެ ގޮތަށް،" އަރަންޑީނާގެ ކޯޗަށް ތައުރީފް ކުރަމުން އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ވަނީ މީގެ ހަފްތާއެއް ކުރިން، ބްރެޒިލް ގައުމީ ޓީމުގެ އޮފާ ދޫކޮށް ރެއާލާ އެކު އިތުރު ދެ އަހަރަށް؛ 2026 އާ ހަމައަށް ކޮންޓްރެކްޓް އާކޮށްފަ އެވެ. އަންޗެލޮޓީ ބުނީ ބްރެޒިލްގެ ހުށަހެޅުން ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ. ނަމަވެސް ރެއާލުން އޭނާގެ މަސައްކަތަށް އިތުބާރު ކުރާ ކަމަށާއި އޭނާ ރެއާލުގައި ހުރީ ވަރަށް އުފަލުން ކަން އޭނާ ވަނީ ހާމަ ކޮށްފަ އެވެ.

ރޭގެ މޮޅާ އެކު ރެއާލް ވަނީ ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގައި އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ތިންވަނަ ޑިވިޝަންގެ ލޫގޯ އާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ. ހަމަ އެއާ އެކު ސްޕެނިޝް ލީގު ހޯދަން ރެއާލާ އެންމެ ގާތުން މިވަގުތު ވާދަކުރާ ޖިރޯނާ ވެސް ވަނީ ރޭ ކުޅުނު ކަޕް މެޗުގައި 2-0 އިން އެލްޗޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގައި ބާސެލޯނާ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު ނުކުންނާނީ ހަތަރުވަނަ ޑިވިޝަންގެ ޔޫޑީ ބާބަސްޓްރޯއާ ދެކޮޅަށެވެ.