Roadha Mihaaru
ގިބްލަ އުމްރާ ގްރޫޕުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ގިބްލަ އުމްރާ ގްރޫޕުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

15 ޖެނުއަރީ 2024

ގިބްލަ ހައްޖު އަދި އުމްރާ ގްރޫޕުން މާޗް މަހުގެ ދަތުރުތަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގިބްލަ ހައްޖު އަދި އުމްރާ ގްރޫޕުން މާޗް މަހުގެ ދަތުރުތަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި އެވެ.

ގިބްލަ ގްރޫޕުން ބުނި ގޮތުގައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އައި ބަދަލުތަކާ ގުޅިގެން އެ ގްރޫޕުގެ އުމްރާ ދަތުރުތަކުގެ ތާރީހުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ ދަތުރުތައް ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ރާވަން ގެނައި ބަދަލުތަކެއް ކަމަށް އެ ގްރޫޕުން ބުންޏެވެ.

ގިބްލަ އުމްރާ ގްރޫޕުގެ ބައިވެރިން. -- ފޮޓޯ: ގިބްލަ އުމްރާ ގްރޫޕް

ގިބްލަ އުމްރާ ގްރޫޕުގެ ބައިވެރިން. -- ފޮޓޯ: ގިބްލަ އުމްރާ ގްރޫޕް

ގިބްލަ ގްރޫޕުން މާޗު މަހު އުމްރާގެ ދެ ދަތުރު ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި މާޗު ހަތަރު ވަނަ ދުވަހު ފުރާ އުމްރާ ދަތުރަކާއި ރޯދަމަސް ތެރޭގައި މާޗް 22 ވަނަ ދުވަހު ފުރާ އުމްރާ ދަތުރެއް ހިމެނެ އެވެ. އެ ގްރޫޕުން މޭ، ޖުލައި، އޮކްޓޯބަރު އަދި ޑިސެމްބަރު މަހަށް ވެސް ދަތުރުތައް ވަނީ ތާވަލުކޮށްފަ އެވެ.

ގިބްލަ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވި ގޮތުގައި އެ ގްރޫޕުން އުމްރާގެ ދަތުރުތަކުގައި އެންމެ އިސްކަމެއްދޭ އެއް ކަމަކީ އުމްރާވެރިން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކަމަށެވެ.

"ދަތުރުގެ އިންތިޒާމުތައް ދުރާލައި ހަމަޖެއްސުމާއި ދަތުރުގައި އުޅޭ ދުވަސްތަކުގައި ވެސް އުމްރާވެރިންގެ ކަންކަން ގާތުން ބެލެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. މި ކަންކަން ތަރުތީބު ކުރުމަށް އަޅުގަނޑުމެން ކޮންމެ ދަތުރަކަށް ވެސް މި ނަގަނީ އެހީތެރިންގެ ޒުވާން ޓީމެއް. ދަތުރު ފެށިގެން ނިމެންދެން އުމްރާވެރިންނާއި އެހީތެރިންގެ ޓީމު ވެސް ފެންނާނީ ވަރަށް ގުޅިގެން އުޅޭތަން،" ޔާމީން ވިދާޅުވި އެވެ.

"ފެންނަ މީހަކަށް ހީއެއް ނުވާނެ މިއީ ދަތުރުމަތިން ދިމާވި ބައެކޭ ވެސް. އެހާ އެއްކޮށް ފެންނާނީ. ދަތުރުތައް ނިމުމުން، ދަތުރުގެ ބައިވެރިން ހިތްހަމަޖެހިގެން ފާޅުކުރާ ޝުއޫރުތަކަކީ ޒުވާން ޓީމުގެ ބުރަ މަސައްކަތުން ނެރޭ ނަތީޖާ."

އެ ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ ގިނަ ބަޔަކު ވަނީ ދަތުރުގެ ހުރިހާ ކަމަކަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފަ އެވެ. ސިއްހީ ކަންތައްތަކުގައި އެ ޓީމުން ފޯރުކޮށްދިން އެއްބާރުލުމާއި އަޅުކަން ފުރިހަމަކުރުމުގައި ޓީމުގެ ޝެއިހުގެ ފަރާތުން ލިބުނު އިރުޝާދުތައް އެ މީހުން ފާހަގަކުރެ އެވެ. އަދި ދަތުރުމަތީގައި އެ ގްރޫޕުގެ ޒުވާން ޓީމުގެ ފަރާތުން ލިބުނު އެހީ އާއި ދަތުރަށް ތައްޔާރުވުމުގައި ގްރޫޕުގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުމާއި ދަތުރުގައި ދިވެހިންނާއި ރައްޓެހި ރަހަތަށް ހިމަނައި ދިވެހިންނާ ގުޅޭ ގޮތްގޮތަށް އެންމެހާ ކަންތައްތައް ރޭވުމަށް ކޮށްފައިވާ މަސައްކަތްތަކާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

ގިބްލަ ގްރޫޕުން ބުނި ގޮތުގައި އެ ޓީމުގެ ޝެއިހުންނާއި ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންނަކީ ވެސް ޒުވާނުންނެވެ. އެ ގްރޫޕުގެ ހުރިހާ މެމްބަރުންނަކީ މި ކަމާ ގުޅުން ހުރި އެކި ދާއިރާތަކުން ތަމްރީނުތައް ދީ، ކަމަށް އަހުލުވެރި ކުރުވާފައިވާ ޓީމެއްކަން އެ ގްރޫޕުން ފާހަގަކުރެ އެވެ.

އެ ގްރޫޕުން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ވަނީ ގެންގޮސްފަ އެވެ. އެއީ 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި ކުންފުންޏެކެވެ.