Roadha Mihaaru
ޓީ ޖެޓީން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް

ޓީ ޖެޓީން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

20 އެޕްރީލް 2021

ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރޯދަ ވީއްލާ މީހުންގެ އިތުރުން އެ ރެސްޓޯރެންޓުން 100ރ. އިން މަތީގެ ބިލު ދައްކާ ކޮންމެ މީހަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އުމްރާ ދަތުރު ލިބޭނީ ގުރުއަތުން ހޮވޭ މީހަކަށެވެ.

އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭ މީހާ ވެސް އެ މަހުގެ ތެރޭގައި އިއުލާން ކުރާނެ އެވެ.

މި ޕްރޮމޯޝަނުގައި އުމްރާ ދަތުރުގެ އިތުރުން އީދު ހަދިޔާ ދޭނެ އެވެ. އީދު ހަދިޔާ ލިބޭނީ ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ފަސް މީހަކަށެވެ.

ޓީ ޖެޓީން 2019 ގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މިދިޔަ އަހަރު މި ޕްރޮމޯޝަން ނުބޭއްވުނީ ކޮވިޑް-19ގެ ސަބަބުން ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.

ޓީ ޖެޓީން ވަނީ ރޯދަ ވީއްލުމަށް ދެ މެނޫއެއް ހަދައިފަ އެވެ. އެ ރެސްޓޯރެންޓުން ރޯދަ ވީއްލުމަށް ކޮންމެ މީހަކަށް ހޭދަވާނީ 150ރ. އެވެ.

އެ ކެފޭ އިން ރޯދަ ވީއްލާތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ދޭނެ އެވެ. ބުކިން ހައްދަން ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދަން 7351234 އަށް ގުޅައިލުމުން އެ ހިދުމަތް ލިބޭނެ އެވެ.