Roadha Mihaaru
ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު!

ދޯނީގެ ބުރަފަތިން ޖެހި، ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު!

21 ޖެނުއަރީ 2024

ހުޅުމާލެ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޑައިވިން ދޯނީގެ ބުރަފަތިން ޖެހި ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޑައިވިން ދޯނީގެ ބުރަފަތިން ޖެހި ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމެރިކާގެ 63 އަހަރުގެ އަންހެން މީހާގެ ފައި ބުރިވީ ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ބުރަފަތިން ޖެހިފަ އެވެ. އޭނާގެ އެއް ފައިގެ ކަކުލު ހުޅުގެ ތިރިން އެއްކޮށް ބުރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގި ސަރަހައްދު އިއްޔެ ބަލާފައިވާ ކަމަށާއި އެކަމަކު ފައިން ބުރިވި ބައި ނުފެންނަ ކަމަށެވެ. އެ މަސައްކަތުގައި "އެކްޓިވް ސާޗް" މިހާރު ހުއްޓާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ޒަހަމްވި މީހާއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.