23 ޖެނުއަރީ 2024
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގެ ހުރިހާ ފައިސާއެއް ޑޮލަރަށް ބަދަލުކުރުމަށްޓަކައި އެ ފަންޑަށް މިހާރު ފައިސާ ޖަމާކުރަނީ ޑޮލަރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގެ ހުރިހާ ފައިސާއެއް ޑޮލަރަށް ބަދަލުކުރުމަށްޓަކައި އެ ފަންޑަށް މިހާރު ފައިސާ ޖަމާކުރަނީ ޑޮލަރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، އެ ފަންޑުގައި މި ވަގުތު 7.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. މިދިޔަ ދެ ހަފުތާގައި އެ ފަންޑަށް ވަނީ 13 މިލިއަން ރުފިޔާ އަށް ވާ ޑޮލަރު ޖަމާކޮށްފަ އެވެ.
މި އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތުން އެސްޑީއެފަށް އެއާޕޯޓް ޑިވެޕޮލްމެންޓް ފީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކުން 1.4 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ޖަމާކުރި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ޑޮލަރު ކޮވިޑާ ގުޅިގެން މާރުކުރުމުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފަންޑުގެ ބޮޑުބައި ހުރީ ރުފިޔާއިންނެވެ. ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ޑޮލަރަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ "ހަފްތާ 14" ގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 80 ޕަސެންޓް ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު އެސްޑީއެފަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.
ދަރަނި އަދާކުރަން ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އެސްޑީއެފް އިން 3.8 ބިލިއަން ރުފިޔާ އެ އަހަރު ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެސްޑީއެފް އިން ބޭނުން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމެވެ. ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026 ގައި ބޭނުން ކުރާ އިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.
ސޮވެރިން ބޮންޑު ވިއްކުމުގެ ވިސްނުން ދޫކޮށްލައިފި
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ބަޖެޓު ސަޕޯޓަށް ބޭރުން 6.7 ބިލިއަންގެ ލޯނު ހޯދަނީ
ކުންފުނިތަކުގެ ބަޖެޓު ފިނޭންސަށް ހުށަހަޅަން ޖެހޭނެ