18 ޑިސެމްބަރ 2018
ބަޖެޓުގައި ހިމަނާފައިވާ 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކުމުގެ ވިސްނުން މިހާރު ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ބަޖެޓުގައި ހިމަނާފައިވާ 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކުމުގެ ވިސްނުން މިހާރު ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި އެވެ.
އަމީރު "މިހާރު" އަށް ވިދާޅުވީ ސޮވެރިން ބޮންޑު ވިއްކުމުގެ ވިސްނުން ދޫކޮށްލީ އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބުމުން ކަމަށެވެ.
އަންނަ އަހަރަށް ފާސްކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ސޮވެރިން ބޮންޑު ވިއްކައިގެން 150 މިލިއަން ޑޮލަރު ހޯދަން ހިމަނާފައި ވިޔަސް، ފިނޭންސް މިނިސްޓަރު ކުރިން ވެސް ވިދާޅުވެފައި ވަނީ އިންޑިއާ އިން އެހީ ލިބިއްޖެ ނަމަ ބޮންޑު ވިއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ސޮވެރިން ބޮންޑު ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފައިވާއިރު 2018 ވަނަ އަހަރު ވަނީ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިންޑިއާ ސަރުކާރުން ވަނީ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ރާއްޖެ އަށް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރާއި މަޝްރޫއުތަކަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އެވެ.
އަމީރު ވިދާޅުވީ، ލޯނާއި ކްރެޑިޓް ފެސިލިޓީ ބޭނުން ކުރުމުގައި އަމަލުކުރާނީ ސަރުކާރުގެ ދަރަނި ބޮޑު ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ސޮވަރިން ފަންޑަށް މިހާރު ޖަމާކުރަނީ ޑޮލަރުން:ފިނޭންސް
ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
42 ބިލިއަންގެ ބަޖެޓެއް، ޑެފިސިޓް ވަރަށް ބޮޑުވެދާނެ
ބަޖެޓް ސަޕޯޓަށް ބޭރުގެ އެހީ ލިބުން ދަތި: އަމީރު
ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި