Roadha Mihaaru
ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް

އިސްލާމިކް ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް ހަދިޔާކޮށްފި

24 ޖެނުއަރީ 2024

އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް މިއަދު ހަދިޔާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް މިއަދު ހަދިޔާކޮށްފި އެވެ.

އެ ހޮސްޕިޓަލް ބެޑްތައް ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެވަޑައިގަތެވެ.

އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިހުސާންތެރިކަމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބިނާކޮށްފައި ވަނީ އިހުސާންތެރިކަމުގެ އަސާސްތަކުގެ މައްޗަށް ކަމަށާއި އޯގާތެރިކަމާއި ކުލުނުވެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެން އުފާވާ ކަމަކީ ސޯޝަލް އެފެއާޒް މިނިސްޓްރީގައި ހުންނެވި ވަޒީރަކީ ވެސް އެ ބޭފުޅެއްގެ ތަބިއްޔަތުގައި ވެސް ވަރަށް އޯގާތެރި ބޭފުޅެއް، އަހުލާގު ރަނގަޅު ބޭފުޅެއް ކަން އަބަދުވެސް ފާހަގަކުރެވޭތީ،" ޝަހީމް ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒަށް ހަދިޔާކުރާ މި 32 ހޮސްޕިޓަލް ބެޑަކީ ވެސް މިނިސްޓަރު އައިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން އިސްލާމިކް މިނިސްޓްރީން ފަހިކޮށްދިން ސާމާނު ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސޯޝަލް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ދެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަހީމް ވިދާޅުވި ގޮތުގައި އާންމުން ހައިރާތުގެ ގޮތުގައި އާއި ސަދަގާތުގެ ގޮތުގައި ހޭދަކުރަން ބޭނުންވާ ފައިސާ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ފައިސާ ހޭދަކުރަންވީ ރާއްޖޭގައި ތިބި ނިކަމެތިންނަށާއި ގުރުއާން ކުލާސްތަކަށާއި މުބާރަތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީ ހެދުމަށާއި ތައުލީމަށާއި އަދިވެސް އެހެން ހެޔޮ ކަންކަމަށް ކަމަށެވެ. މި ފައިސާ ތެދުވެރިކަމާ އެކު، ހައްގުވާ ފަރާތްތަކަށް ރައްދުކޮށްދިނުމުގެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި 32 ހޮސްޕިޓަލް ބެޑް ގުރައިދޫ މަރުކަޒަށް ހަދިޔާކުރުމަށް އިސްލާމިކް ޗެރިޓީ ފަންޑުން ވަނީ 500،000ރ. ހަރަދުކޮށްފަ އެވެ.

ގުރައިދޫ މަރުކަޒު ހާއްސަކޮށްފައި ވަނީ ނަފްސާނީ ބަލި މީހުންނަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި ދައުލަތުން ބަލަހައްޓަން ޖެހުމުން، އެތަނަށް އުމުރުން ދުވަސްވީ މީހުން ގެންދަން ޖެހެ އެވެ. އެތަނުގައި މިހާރު ވެސް 190 އަށް ވުރެން ގިނަ މީހުން ތިބިއިރު، ފެމިލީ މިނިސްޓްރީން އަންނަނީ ރަނގަޅުވެފައި ތިބި މީހުން އާއިލާތަކާ ހަވާލުކުރަން މަސައްކަތް ކުރަމުންނެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ވަރަށް އަވަހަށް 19 މީހަކު އާއިލާތަކާ ހަވާލުކުރެވޭނެ އެވެ.