29 ޖެނުއަރީ 2024
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދެމުން ގެންދާ، ޔަމަންގެ ހޫތީން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓަރު ގްރޭންޓް ޝެޕްސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދެމުން ގެންދާ، ޔަމަންގެ ހޫތީން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓަރު ގްރޭންޓް ޝެޕްސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިފައިންގެ އުޅަނދު އެމްއެމްއެސް ޑަޔަމަންޓަށް ހަމަލާދޭން އުޅުނީ ހޮނިހިރު ދުވަހު ކަމަށެވެ. މި ހަމަލާ ދޭން އުޅުނީ ޑްރޯންއެއް ބޭނުންކޮށްގެން ކަމަށާއި އެކަމަކު އުޅަނދުގައި ހުރި ދިފާއީ ނިޒާމުން ޑްރޯން ގޮއްވާލީ ކަމަށް ވިދާޅުވި އެވެ.
"އުޅަނދުގެ މިސައިލް ޑިފެންސް ސިސްޓަމް 'ސީ ވައިޕަ' އިން ވަނީ އުޅަނދަށް ހަމަލާދޭން އުޅުނު ޑްރޯން ނައްތާލާފައި،" ޝެޕްސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އުޅަނދަށް ވެސް އަދި މީހަކަށް ވެސް މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތައް މަދުކޮށް، ހޫތީންގެ ބާރު ކުޑަކުރުމަށް މި މަހުގެ 12 ވަނަ ދުވަހު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދީފަ އެވެ. އަދި އޭގެ ފަހުން ވެސް އެކި ފަހަރުމަތިން ހަމަލާ ދީފައިވެ އެވެ. -- އޭއެފްޕީ
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ބޯޓަކަށް ހަމަލާ ދީފި ނަމަ ރައްދު ދޭނަން: ކެމަރަން
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
އިޒްރޭލުގެ ތެލް އަވީވަށް ހޫތީންގެ ޑްރޯން ހަމަލާއެއް
ރަތްކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި
ހޫތީން ހަމަލާދިން ކާގޯ ބޯޓަކުން ފަޅުވެރިން ފައިބައިފި
ރަތް ކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި