ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ހޫތީންގެ ސަރަހައްދުތަކަށް ހަމަލާ ދިނަސް ބިރު ނުގަންނަ ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފި އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ހޫތީންގެ ސަރަހައްދުތަކަށް ހަމަލާ ދިނަސް ބިރު ނުގަންނަ ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް، ޔަމަންގައި ހޫތީންގެ އަސްކަރީ މަރުކަޒުތައް ހުންނަ ތަންތަނަށް އެމެރިކާ އާއި އިނގިރޭސި ވިލާތް ގުޅިގެން ވައިގެމަގުން ވަނީ ހަމަލާ ދީފަ އެވެ. އަދި ޖޯޑަންގައި އެމެރިކާ ސިފައިންގެ މަރުކަޒަކަށް ޑްރޯނުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވުމުން އެއީ އީރާންގެ އެހީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމަލެއް ކަމަށް ބުނެ އެމެރިކާއިން ވަނީ ސީރިއާ އާއި އިރާގަށް ވެސް ހަަމަލާ ދީފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ނަމުގައި ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ހަމަލާ ދިން މިއީ ތިން ވަނަ ފަހަރެވެ. އެކަމަކު ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތަކެއް ނުހުއްޓެ އެވެ.
ހޮނިހިރު ދުވަހު 13 ސަރަހައްދަކުން ހޫތީންގެ 36 މަގާމަކަށް ހަމަލާ ދީފައިވާނެ ކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ބުންޏެވެ. މިއީ ހޫތީންގެ އަސްކަރީ ގާބިލްކަން ކުޑަކުރުމަށް ދޭ ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
މި ހަމަލާތަކާ ގުޅިގެން، ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ ކިތަންމެ ހަމަލާއެއް ދިން ނަމަވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން ޖެހިލުމެއް ނުވާ ކަމަށެވެ.
"މި ހަމަލާތަކުގެ ބަދަލު ނުހިފާ ދުލެއް ނުކުރާނަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސާރީ ވިދާޅުވި އެވެ.
ހޫތީން ބުނަނީ ރަތްކަނޑުގައި ހަމަލާ ދެނީ އިޒްރޭލާ ގުޅުން އޮންނަ އަދި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކާއި ވިޔަފާރިތަކާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ. ރަތްކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލާ މަގު ކަމަށް ވާއިރު އެ ސަރަހައްދުގައި ހަމަލާ ދޭތީ އުޅަނދުތަކުގެ މަގު ދިގުވެ މުދާ އުފުލުގެ އަގު ވަނީ ބޮޑުވެފަ އެވެ. --އޭއެފްޕީ
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
ހޫތީން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ހޫތީންގެ މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށްފި
ބޯޓަކަށް ހަމަލާ ދީފި ނަމަ ރައްދު ދޭނަން: ކެމަރަން
ބޯޓުތަކަށް ހޫތީން ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ސުލްހައިގެ ވަގުތު ހަމަލާތައް މަދުކުރާނަން: ހޫތީން
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް